* ރާގު: މުޖެ އިސްގުހޭ ތުޖީސޭ…
މުޅި ގައުމު އަދު ރޮނީއޭ! ތިޔަހެން ނުހައްދަވާށޭ
މިދަރިން އުޅެންވީ ގައުމޭ ވިއްކާ ނުލައްވަވާށޭ
މުޅި ގައުމު އަދު ރޮނީއޭ…
ވެރިކަން ދިނީމަ ރޮއެގެން ވަޢްދާއި ޢަހުދު ކޮށްގެން (2)
މިނިވަން ކަމާއި ދީނާ ސީދާ ޙިމާޔަތައިގެން (2)
މިދަރިން ނުކުމެ ހޮވީމާ ތިޔަހެން ނުހައްދަވާށޭ
މިދަރިން އުޅެންވީ ގައުމޭ ވިއްކާ ނުލައްވަ ވާށޭ
މުޅި ގައުމު އަދު ރޮނީއޭ…
އެކި ބައި ބަޔަށް ބަހައިގެން އެކި އެގްރިމެންޓު ކޮށްގެން (2)
ދިގު މުއްދަތެއް ޖަހައިގެން އެކި ދަރަނިތައް ނަގައިގެން (2)
ނިކަމެތި މިރައްޔިތުން ނަށް ތިޔަހެން ނުހައްދަވާށޭ
މިދަރިން އުޅެވީ ގައުމޭ ވިއްކާ ނުލައްވަވާށޭ
މުޅި ގައުމު އަދު ރޮނީއޭ…
ދިވެހީންގެ ރީތި ޝަރަފާ މިނިވަން ކަމާއި ފަޚްރާ (2)
ދިވެހީންގެ މާތްވި ދީނާ މާދަރީ އަމިއްލަ ބަހަކާ (2)
ދިވެހީންގެ ދުޝްމަނުންނަށް، ހިބަކޮށް ނުދެއްވަވާށޭ
މިދަރިން އުޅެންވީ ގައުމޭ ވިއްކާ ނުލައްވަވާށޭ
މުޅި ގައުމު އަދު ރޮނީއޭ…
