ތިމާއަށް ފަރުޟުވީ ޢަދަދަށް ހިފައިގެން ރޯދަ ހަމަކުރުމުން
ދިމާއަށް އޮތް ދަރަނި ނިމުނަސް މުހިންމޭ އަދި ހަޔެއް ހަމަވުން
ޝަހުރު ރަމަޟާނުގައި ވާޖިބުވި ހުރިހާ ރޯދަތައް ނިމުމުން
އަހުރެމެންނަށް އޮތީ ޝައްވާލުގައި ހަ ދުވަހުގެ ރޯދަ ހިފުން
ހަޔެއް ހަމަކޮށްލުމުން ފުރިހަމަ އަހަރު ދުވަހުގެ ސަވާބު ލިބުން
ބަޔެއް ތިބެދާނެތޯ ނޭދޭ، (މިހާ ފުރިހަމަ ސަވާބު ލިބުން)
އެކަން ބޭނުންކަމަށް ވަންޏާ އިތުރު ހަ ދުވަހުގެ ރޯދަ ހިފަން
ނިކަން ސާބިތުކަމާ އެކުގައި ފަށާށޭ ޢީދު ހަމަ ނިމުމުން
ވަކީން އެކި ދުވަހު ހިފިނަމަވެސް ޝަހުރު ޝައްވާލުގައި ވިއްޔާ
ޔަގީންކަން ސުންނަތުން ލިބިދޭ އެ ހިފި ރޯދައިގެ އަޖުރު ލިބުން
ތިރީސް ދުވަހުން ލިބުނު ކެތްތެރިކަމުގެ މަތިވެރި ފިލާވަޅުތައް
ޖަރީކުރުމުގެ ވަސީލަތަކަށް ހަދާ! ސާބިތުކަމާ ޞަބުރުން
ފަހަށް ލަސްކޮށްނުލައި ހަމަ މާދަމާ ފެއްޓުން މޮޅޭ ބުނަމޭ
ފަހަށް ހުންނާނެކަން މަރުނުވެ، ޔަޤީންވާ އެކަކު ވެސް ނެތުމުން
