ފިޠުރުޢީދުގެ ހެޔޮސަލާމާ ތަހުނިއާޔާ އަދި މުބާރިކު
މިތުރުނަށް ލޯތްބާ އެކީގައި ފޮނުވަމޭ ޢީދުގެ މުބާރިކު
އަޅުކަމުގެ މަތިވެރިމަހެއް ހުސްކޮށް މި އައި ޢީދުލްފިޠުރު
ރަޙްމަތާ ބަރަކާތް އަދައި ފޮނުވަން އުފާ ޢީދުގެ މުބާރިކު
އެކުވެރިން އަޚުނާއި އުޚުތުން އެކު އުފާކޮށް ލަވަ ކިޔައި
އެކު އެކީ، ކައި ބޮއެ މަޖާކުރަމުން ކިޔާ ޢީދުގެ މުބާރިކު
ނަލަވެ ނަލަ ގަހަނާ ތަކުން ޒީނަތް ވެގެން އުފަލާއެކީ
މަދަދުވެރި ވާން ޢާއިލާގެ ދުވަސް އައީ ޢީދުގެ މުބާރިކު
މައި ބަފައިންނާ އަނބި ދަރީންނާ ޢާއިލާ ބައިވެރިވެގެން،
އައި މި ޢީދު އުފާތަކާ ޝާމިލުވަމުން ޢީދުގެ މުބާރިކު
