ދިރިއުޅުން އެ ހަނދާންތަކާއެކު، ދެން އަހަންނަށް އޮތް ގޮތީ
ކަރުނަތައް ފޮރުވަން އެހެންނަމަވެސް ހެދޭނެ ގޮތެއް ނެތީ
ދުރުވުމަށް މަޤުބޫލު އުޒުރެއް އަދި އޮތަސް، ތިޔަ ވަކިވުމުން
ދެެރަވަނީ ރޭތައް ހަޔާތުގެ ދާއިމަށް ފަޅުވާނެތީ
ކޮންމެ އިހުސާސެއް އަލުން ތަކުރާރުކޮށް އިހުސާސްކުރަން
ދަންވަރަށް ގޮސް އިންނަމޭ އެބަ އެކަނިވެސް ހަނދުވަރުމަތީ
"އެ ތުނޑިއަށް" ބޮސްދޭށެ ލެފެނީ ރާޅުތައްވެސް މަޑުމަޑުން
އެތަނުގައި އެތަކެއް ހަނދާނެއް ފޮރުވިފައި ހުންނާނެތީ
އެންމެ ތަސްވީރެއްވިޔަސް ހަމަ ފޮހެނުލައި ރައްކާކުރީ
ކޮންމެ ތަސްވީރެއް ބަލާފައި ހިތް މި ހިނިތުންވާނެތީ
އިތުރު އުންމީދެއްގެ އަލިކަން ލޮލުކޮޅަށް ފެންނަން ނެތަސް
ހިތުގެ ފުނުގައި، ވެވުނު ލޯތްބޭ މިއަދުވެސް ދިރިދިރި އޮތީ
އެކު ނުހަނު ލޯބިން އެކީ އެގޮތަށް އުޅެން ބޭނުންވިޔަސް
ސިކުނޑި ވިސްނައިދޭ އޮތީ، މަޖުބޫރުތަކެކޭ ކުރިމަތީ
އިސްވެ އަދު ހިތުގައިމިވާ ޖަޒުބާތުތައް ކޮށްފައި ކަފުން
ފަސް އަޅާ މާޒީ މިފޮރުވީ، ދުނިޔެއަށް ފެނިދާނެތީ
