Support Us

ކީއްކުރާ ދުނިޔެއެއް؟

ދުނިޔެ މީ ދެން ކީއްކުރަން މިވަރުން އުޅެންވީ "މަންޒިލެއް"
މުނިއަވަސް ފިލުވައިލެވޭވަރު ވެސް ނުވާ ކެހިވެރި ތަނެއް

އެއްދުވަހު ލިބެނީ އުފަންވީ ޚަބަރު މީހަކު ދުނިޔެއަށް،
ދެން އެއަށްފަހު ހިނދުކޮޅެއްގެ ތެރޭ އެމީހާ މަރުވި ޚަބަރެއް

އެެކުވެރީން ރަޙްމަތްތެރީންނާ ރައްޓެހީން ގުޅިގެން މިތާ
އެކު އުޅެން ލިބެނީ މިދުނިޔޭން ދާދި ކުޑަކުޑަ ހިނދުކޮޅެއް

ރޭދުވާ އެކުގައި އުޅުނު މިތުރުންގެ ކައިރިން ވަކިވެގެން
ރޭގެ ނިދި ނިންމާލުމަށް "ދޮޅިއުފުރަމުން ލާ ނޭވައެއް"

މުޅި ޙަޔާތަށް ފޮނި އެތައް އުއްމީދަކާއެކު ކުރިކަމެއް،
ހުރި ތަނެއްގައި ހުރިގޮތަށް ހުއްޓާ ޢުމުރު ހަމަވާ ތަނެއް

މައި ބަފައިންނާ އަނބި ދަރީންނާ ޢާއިލާ ޒިއްމާތަކުން
މައިބަފައިން ޙައްގެއް އަދާނުވެ އުޅެނިކޮށް ނިމިދާ ތަނެއް

ކީއްކުރަންތޯ އެކަކު އަނެކަކު މޫނު ކެނޑި ދުޝްމިނުވަނީ،
ކީއްކުރަންތޯ ދުނިޔެމީ އެއްވެސް އަގެއްނެތް "ކުނިގަނޑެއް"

ހެޔޮކަމެއް ނޫނީ މިތާ ކުރުމުގެ އޮތީ ކޮން ބޭނުމެއް
ހެޔޮކަމެއްނެތް މީހަކީދެން ކީއްކުރާ "މުޅަ މަސްގަނޑެއް"

ވަގުތު ހޯދައިގެން ކުރަންވީ މާތް އިލާހަށް އަޅުކަމެއް
ވަގުތު ފާއިތުވުމުގެ ކުރިއަށް މިލިބެނީ ކުޑަ ފުރުސަތެއް

ދުނިޔެ ހިތަކަށްލި ބި މިދުނިޔޭގައި ތިމާ އަދި އުދުހުނަސް،
ދުނިޔެ ދޫކޮށް ދާދުވަހު ގެންދަން އޮތީ ކުޅަ އަޅުކަމެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *