ކީއްވެހޭ ސިއްރުން ވަނީ މި ހިތުގެ ދޮރުން އަންގާނުލާ
ކީއްކުރަން ޖަޒުބާތު ހޭލައްވާ ތިލީ ރުހުމާނުލާ
ނޫނެކޭ ބުނެލަން ދުލުން ނުކެރުން ވިއޭ ރުހުނީކަމަށް
މޫނަކުން މަޢުސޫމުކަން ފެނުނީ އަލަށް އޮޅުވާނުލާ
އޭގެ ސަބަބުން ބަދަލުވީ އޮއިވަރު ހިތުން ގަސްތާނުލާ
ނޭނގި ހުއްޓާ މަޑުމަޑުން ގެންގޮސްފި ހިތް ގުޑުވާނުލާ
ޚުލްޤު ހެޔޮ ލިބިދިން އޮހުންތަކަކުން އެތައް އިތުބާރުގާ
މިލްކުވެރި އެ އަމާނަތަށް ކުރުނީސްކުރީން ދޫކޮށްނުލާ
"އިޝްގު ހައްޤީ އަލިފުޅާ ދޮންހިޔަލަކަށް ނޫނޭ" ބުނީ
ކަޝްފުކުރި، ވިންދާ ހިތާ އިޙުސާސުތައް ސިއްރާނުލާ
ޓަކިޖަހާ ނުލިޔަސް ވަނުން ވީ ހެވަތަކަށް އެ ދުވަހު ހިތަށް
ވަކިވުމެއް ނެތް ބަނދެވުމުން ގުޅުނީ ދެ ހިތް ދީލާނުލާ
