ހީވިގޮތް ލޯމަތިވުމުން ހިއްސެއް ނެތޭ ހައިރާންނުވާ
ބީވެގެން ދިޔައީ އިނގޭތޯ ގައިގެ އެއްފަޅި ދަސްނުވާ
ކަނިވަމުންދިޔަ ފޮނި ހަޔާތުގެ ހުޅުކޮޅުން, ބުނެލައިފިއޭ
ހަނިވަމުން ގޮސް ދައުރު އޮބުނީ ނޭނގިހުއްޓާ! ވާނުވާ
ދަތިވުމުން ހިތް ނުކެރިފާ ގާތުން ދުރަށް ލޯ ހިންގުމުން
ކަތިވެ ހިތްވަރު ދޫވެ މޭގާ އެތިކޮޅެއް ނެތް ފަޅިނުވާ
ހަނދުމަތައް ވޭނާއެކީ އައިސް ހުއްޓިފައި އިސްޖެހި ގޮތުން
ލަދު ތަދުން ހިތުގައި ހިނގާ ނާރެއް ނެތޭ ބުރިބުރިނުވާ
އަތުގެ ނުފުށުން ފޮހެލެވޭ ކަރުނައިގެ ފޮދުވަރު ބުނެދެނީ
ހިތުގެ ހޫނުން ދިލައަރާ ވިންދެއް ނެތޭ ފިިހި މަރުނުވާ
ވާގިނެތެމުން ބަލި ހިތުގެ ދިޔަ އަލްވަދާޢުގެ ވަގުތުގާ
އާނގަވަޅަކުން ދީފިޔޭ ފިނި ރޯޅިއެއް ހުރަހެއްނުވާ
ދުނިޔެ ދޭ ހިތި ރަހަތަކުން އަރުތެރެ ތިބާ ތެއްމާލިޔަސް
ފޮނި ކިރާ މާމުއިގެ ރަހަ އިޝްޤު ލިބޭ ދެގޮތެއްނުވާ
