Support Us

ދެން ކިހިނެއް ހަދާނީ؟

ނުވާ އިތުބާރު ދުނިޔޭގައި އުޅޭކަށް ބޭނުމެއް ވެސް ނެތް
ފުރައިގެން ދުނިޔެއިން ދާނޭ ތަނެއް ފެންނާކަށެއް ވެސް ނެތް

އަރާމެއް ލައްޒަތެއް އުފަލެއް މިދުނިޔެއަކުން ލިބޭކަށްނެތް
ވަށައިގެން "ކަށިކުނބުރު ޖަންގަލި" ހިނގައި ދާނޭ މަގެއްވެސް ނެތް

ޙަޔާތަށް ކުރިމަގެއް ހޯދަން ހަދާނޭ އެއްގޮތެއްވެސް ނެތް
ޙަޔާތުގެ ބައިވެރީން ގޮތުގައި ނަގާނޭ އެކަކުވެސް އަދު ނެތް

"އެމީހަ ނުބައި މިމީހަ ރަނގަޅު" ބުނާކަށް ވަކިތަފާތެއް ނެތް
އެކީއުޅެ ވަކިވުމުން "ބޮލުކަށި ހަފައި ނުހަދާނެ" މީހަކު ނެތް

ވަފާތެރިޔެއް މިދުނިޔެއަކުން ލިބޭކަށް ލޯބިވެރިޔެއް ނެތް،
ސަލާމަތް ބުއްދިޔެއް ހުއްޓަސް އަމާނާތްތެރި އެކަކުވެސް ނެތް

އެކީގައި ހީ ސަމާސާކޮށް އުޅެން ރަޙްމަތްތެރީންނެއް ނެތް
"އެކީ އުޅެފައި ފަހުން ކެއްސެއް ނުދޭ" މީހަކު ގުޅޭކަށް ނެތް

ތިމާނޫން މީހަކަށް ރަނގަޅެއް އެދޭނޭ އެކަކުވެސް ހަމަނެތް
ތިމާގެކަމަށް ވިޔަސް ދުނިޔޭން މިނޫން މީހަކު ލިބޭކަށް ނެތް

ދަރީންނާ މައި ބަފައިންނާ ވެސް މިއަދު އިތުބާރު ކުރެވެންނެތް
ދަރީންވެސް މައި ބަފައިން ޙައްޤަށް އަމާނާތްތެރި ވުމެއް އަދު ނެތް

"އަވާ މެންދުރުގެ ހުވަފެނުގައި" ހަލާކު ނުވާނެ މީހަކުނެތް
ބަލައިގެން އާޚިރަތް ހޯދަން އުޅޭ މީހެއް މިތަނުގައި ނެތް

މިއަދު ދުނިޔޭގެ ޙާލަތުމީ ޚިލާފު ވެވޭކަށެއްވެސް ނެތް
މިއަދު މާއްދިއްޔަތަށް ހެއްލުން މިއަށްވުރެ ގެއްލުމެއް ބޮޑު ނެތް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *