ހަނދުމަތައް އޭރުގެ އަތުން ނިއުޅާލި އަލި ސަފުޙާތަކެއް
އަދު ޒަމާން އެ ކިޔަން ފެށީ އޭގައިވި ރަން ފޮޅުވަތްތަކެއް
ސުލްޙަވެރިކަން ގައުމުގައި ލެވިފައިފައިވަނީ ފޭރާމަކަށް
ސުލްޙަ ދެމިއޮތް އަސްލަކީ ދީނުގެ ވިމާތް އުންސުރުތަކެއް
މައްދިވެހި ތަނަވަސް ބަހާ ބަސް މޮށެ އުޅުނު ބަހުރުވަތަކާ
މައްދިވެހި އަކުރުން ލިޔުން، މީ ފަޚުރަކަށްވީ ވަނަތަކެއް
އަގުތަކުން ވެވިގެން ޖަރީ ގެންނެވި ސަގާފީ އާދަތައް
މަގުތަކުން ދޭހުންނެ ދިރިގެން ފެތުރުނީ މާތް ސިފަތަކެއް
މަންޒަރުން ފެނި ދައުރުވީ ތާރީޚު ދޫކުރި ބާބުތައް
މަންޙަޖެއް ކަމުގައި ވިދާ އަގުހުރި އެއީ ފަތްފުށްތަކެއް
އެކުވެލާ ޗޭނެއްފަދައިން ގުޅި ރަމްޒުކުރި އެކުވެރިކަމުން
ރުކުރުވާ ސަފުތައް ގެނެސްދިން، ރޫޙު ވަޠަނީ ހިތްތަކެއް
ނަންކުރާ މި ބިމުން ފެނުނު، އެ ޒަމާނުގައި ގައުމިއްޔަތެއް
ނަން މިގަނެލީ އަގުތަކުން ވަރުގަދަ އެއީ ބިންގާތަކެއް
ދަސްކުރާންވީ މޭރުމުން ދިވެހީންގެ ލޭ ހުރިނަމަ ހަށީ
ލަސްނުކޮށް މި ވެހީން ލިބޭ އަގުހުރި ގަބޫލުކުރުންތަކެއް
