Support Us

ވަގު ސްލިޕް ފޮނުވައިގެން ހުޅުމާލޭ ފިހާރައަކުން އެއްލައްކައަށްވުރެ ގިނަ ރުފިޔާގެ މުދާ ނެގި މީހަކު ހައްޔަރުކޮށްފި

ވަގު ސްލިޕް ފޮނުވައިގެން ހުޅުމާލޭ ފިހާރައަކުން އެއްލައްކައަށްވުރެ ގިނަ ރުފިޔާގެ މުދާ ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެ މީހާގެ ފޮޓޯއެއް، ވަނަވަރެއް ހާމަނުކޮށް ފުލުހުން ބުނ،ީ 25 އަހަރުގެ އެ މީހާ އިއްޔެ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ފިހާރައަކުން ޖަނަވަރީ މަހުގެ އެކި ދުވަސްމަތިން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެއްލައްކަ އަށްވުރެ ގިނަ ރުފިޔާގެ މުދާ ނަގާފައިވާ ކަމަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރައިން އޭނާ ނެގި ތަކެތީގެ ތެރެއިން އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް