ހއ. ހޯރަފުއްޓަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އުމުރުން 32 އަހަރާއި 36 އަހަރާ ދެމެދުގެ މި ހަތަރު މީހުން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ މާލެއިން ހޯރަފުއްޓަށް ދާ ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



advertisment