Support Us

ހޮވައިގެން ގެންގޮސްފައިވާ 200ރ.ގެ ވެރިފަރާތް ފުލުހުން ހޯދަނީ

ހޮވައިގެން ގެންގޮސްފައިވާ 200ރ. ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

ހުޅުމާލެ ޕޮލިސް ސްޓޭޝަން

  • ޖަނަވަރީ 12 ވަނަ ދުވަހު ހުޅުމާލެ ލޮޓް 10547 ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރެޑްމީ ބްރޭންޑްގެ ކަޅުކުލައިގެ ފޯނެއް. އިންސިޑެންޓް ނަންބަރ 510383
  • ޖަނަވަރީ 31 ވަނަ ދުވަހު ހުޅުމާލެ މަގުމަތިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރ 512156

"މި ތަކެތީގެ ވެރިފަރާތުން، 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަން

  • ފެބްރުވަރީ 1 ވަނަ ދުވަހު އަބަދަށްފެހި މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓު ބުރުމާއަކާއި ޓޫލްސްތަކެއް. އިންސިޑެންޓް ނަންބަރ 512179
  • ފެބްރުވަރީ 4 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ސިޑިކައިރިން ފެނިފައިވާ ވެރިއަކު ނެތް، އައުޓްބޯޑު އިންޖީނެއްގެ ބައެއް. އިންސިޑެންޓް ނަންބަރ 512494
  • ފެބްރުވަރީ 6 ވަނަ ދުވަހު ޓެކްސީއެއްގެ ޑިކީން ފެނިފައިވާ ބޮޑު ލޯގަނޑެއް. އިންސިޑެންޓް ނަންބަރ 512602
  • ފެބްރުވަރީ 6 ވަނަ ދުވަހު ހެންވޭރު ގެއެއްގައި ބަހައްޓާފައިހުއްޓައި ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ގޭސްފުޅި (ވިލާ ގޭސް ލުއި ފުޅި) އާއި އެހެނިހެން ތަކެތި. އިންސިޑެންޓް ނަންބަރ 512627
  • ފެބްރުވަރީ 7 ވަނަ ދުވަހު ޓެކްސީއެއްގެ ފަހަތު ސީޓަށް ވެއްޓިފައި އޮތް ކަޅުކުލައިގެ އައިފޯނެއް. އިންސިޑެންޓް ނަންބަރ 512701

"މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލުޅޮ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މާފަންނު ޕޮލިސް ސްޓޭޝަން

  • ފެބްރުވަރީ 1 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފާއިވާ، އެކުވެނި ޓްރެކް ތެރެއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދަބަހެއް. އިންސިޑެންޓް ނަންބަރ 512239
  • ފެބްރުވަރީ 2 ވަނަ ދުވަހު ހިލާލީ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕިކަޕު ދެ ބެޓެރި. އިންސިޑެންޓް ނަންބަރ 512325
  • ފެބްރުވަރީ 8 ވަނަ ދުވަހު އަސަރީހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އިލެކްޓްރިކަލް ޕަބަރ ޓޫލްސްތަކެއް. އިންސިޑެންޓް ނަންބަރ 512752
  • ފެބްރުވަރީ 8 ވަނަ ދުވަހު ކެނެރީމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓު އަދި އިންޖީނު ސާމާނުތަކެއް. އިންސިޑެންޓް ނަންބަރ 512784
  • ފެބްރުވަރީ 10 ވަނަ ދުވަހު އޯކިޑުމަގުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރ 512974

"މި ތަކެތީގެ ވެރިފަރާތުން، 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް