Support Us

ދެ މައްސަލައަކާ ގުޅިގެން ފުލުހުން ދެ މީހަކު ހޯދަން ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި

ފުލުހުން ތަހުގީގު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން، އެ މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހަދައިގެން މީހުންގެ އަތުން ފައިސާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނާއި ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލަތަކަކާ ގުޅިގެން ތަހުގީގަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އެ ދެ މީހުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރާ މައްސަލައިގައި ހޯދާ މީހާގެ މައުލޫމާތު 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ދަފްތަރު ނަމްބަރ ދރ.1182 ކ. މާލެ/ އިބްރާހީމް މާނިޢު ރަމީޒު، 21،

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A334045

ހާޒިރުކުރެވޭ ހައިސިއްޔަތު: މަކަރާއި ހީލަތް ހަދައިގެން މީހުންގެ އަތުން ފައިސާ ހޯދާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް.

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ޝަހީދު ހުސައިން އާދަމް ބިލްޑިންގ، 2022 ފެބްރުއަރީ 15 ވަނަ ދުވަހުގެ 12:00 އަށް

މިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރާ މައްސަލައިގައި ހޯދާ މީހާގެ މައުލޫމާތު

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ށ. މިލަންދޫ، ރެވެނިޔު، އާދަމް ޝަމީމް، 33

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A320239

ހާޒިރުކުރެވޭ ހައިސިއްޔަތު: ވައްކަމުގެ މައްސަލަތަކަކާ ގުޅިގެން ސުވާލުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ށ. މިލަންދޫ ޕޮލިސް ސްޓޭޝަން، 2022 ފެބްރުއަރީ 20 ވަނަ ދުވަހުގެ 11:00 އަށް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް