Support Us

މިސްކިތެއް ކުރިމަތީގައި މަރުވި ހިމާރެއްގެ ވާހަކަ

މިސްކިތެއް ކުރިމަތީގައި ހިމާރެއް މަރުވިއެވެ. އެކަމާ، މިސްކިތުގެ އިމާމު، ކައުންސިލްގެ ރައީސަށް ގުޅައިފައި ބުންޏެވެ:

"ރައީސެވެ! ހިމާރެއް މިސްކިތުގެ ކުރިމަތީގައި މަރުވެއްޖެއެވެ."

ރައީސް ބުންޏެވެ: "އެހެންވީމަ، ޝެއިޚް އެދިލައްވަނީ، އަޅުގަނޑުމެން ކޮން ކަމެއް ކުރުމަށްތޯއެވެ؟"

އިމާމް ބުންޏެވެ: "ހިމާރު މިސްކިތުގެ ކުރިމަތިން ނެގުމުގެ މަސައްކަތަކީ ސިވިލް ސާރވިސް މުވައްޒަފުންގެ މަސައްކަތެއް ނޫންތޯއެވެ؟"

ރައީސް، ޝައިޚަށް މަލާމާތުގެ ރާގަކުން ބުނެލިއެވެ. "އޭ ޝައިޚްއެވެ! އަޅުގަނޑުމެންނަށް ސްކޫލު ދައުރުއްސުރެ ދަސްކޮށްދެމުން އައީ، މައްޔިތާ ހިނަވައި ކަފުންކޮށް ވަޅުލުމީ ތިބޭފުޅުންގެ މަސައްކަތެއް ކަމުގައެވެ!"

އިމާމް ބުންޏެވެ: "ތިޔައީ ތެދެކެވެ! އަދި އޭގެ އިތުރަށް، މައްޔިތާ ހިނަވައި ކަފުންކޮށް ވަޅުލުމަށް ދާންދެން ވެސް، މައްޔިތާގެ ޢާއިލާގެ މީހުން އެތާ ތިބެންވާނެކަން ވެސް އަޅުގަނޑުމެން ކިޔައިދިނީމެވެ!"

-أجمل ما قرأت في اللغة والأدب-

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *