ޞާލިޙުންގެ ބޭފުޅަކު ކިޔައިދެއްވިއެވެ.
އަހަރެން ފަތިސް ނަމާދަށް، ކުރިއަށް މިސްކިތަށް ދާތީވެ، އަހަރެންނާ ވާދަކުރުމަށް އަހަންނަށްވުރެން ކުރިއަށް މިސްކިތަށް ދިއުމަށް މަސައްކަތް ކުރަމުން އައި އެކުވެރިއެއް އަހަރެންނާ އެކު އުޅުނެވެ.
އޭނާ ކިތަންމެ ވަރަކަށް މަސައްކަތްކުރި ކަމުގައި ވީނަމަވެސް އަހަރެން އޭނާއަށްވުރެ ކުރިން ގޮސް ވާތަން އޭނާ އަށް ފެންނާނެވެ. އެއީ އޭނާ މިސްކިތަށް ކިތަންމެ އަވަހަށް ދިޔަ ކަމުގައި ވީނަމަވެސް އެވެ.
އެއް ދުވަހެއްގައި، އެކަމުގެ ސިއްރަކީ ކޮބައި ކަމާ މެދު އަހަރެންނާ ސުއާލު ކުރަމުން އެ އެކުވެރިޔާ އަހާލިއެވެ!
"ތިބާ ފުރަތަމަ ތަކްބީރަށް އަބަދުވެސް ރައްކާތެރިވުމުގެ ސިއްރަކީ ކޮބައިތޯއެވެ؟"
އަހަރެން އެކުވެރިޔާ އަށް ބުނީމެވެ:
"الْحَمْدُ لِلّه، އަހަރެންގެ ދެ އަނބިން ތިބެއެވެ! އެ ދެކަނބަލުން ވެސް އަހަރެންނަށް ޚިދުމަތްކޮށްދިނުމަށާއި އެކަމަށް އަހަރެންނަށް ބާރު އެޅުމަށް އެކަކު އަނެކަކާ ވާދަ ކުރަމުން ދެއެވެ."
ފަހެ އެކުވެރިޔާ ވަރަށް ވެސް އެކަމަށް ގަޔާވެ، އެކަމާ ކުރިމަތިލައި ދެ އަނތްބަށް އިނެވެ.
އެއަށްފަހު އަހަރެންނާ އެކުގައި އެކުވެރިޔާ ވެސް މިސްކިތުގައި ނިދަން ފެއްޓިއެވެ.
فن التخطيط فى علم التوريط (٤٣٥).




advertisment