Support Us

ސީޒަންގެ "ލޯބި ވެވިއްޖެ"ގެ ޝޫޓިން ކުރިއަށްދަނީ. ވަރަށް އަވަހަށް ފިލްމު ނިމޭނެ

ސީޒަންގެ "ލޯބި ވެވިއްޖެ"ގެ ޕޯސްޓަރު ރިލީޒްކޮށްފި

ލޯބީގެ ހާދިސާއެއްގެ މަށްޗަށް ބިނާކޮށް އަލީ ސީޒަންގެ އެސް ޕްރޮޑަކްޝަނުން އުފައްދާ "ލޯބިވެވިއްޖެ" މި ފިލްމްގެ ޕޯސްޓަރު ސޯޝަލް މީޑިއާގައި ރޭ ލޯންޗްކޮށްފި އެވެ.

ނުވަދިހަ ޕަސެންޓް މަސައްކަތް މިހާރު މުޅިން ނިމިފައިވާ މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އަވަށްޓެރި ސްރީލަންކާ އާއި ގދ. ތިނަދޫގަ އެވެ.

މި ފިލްމުގެ ޑައިރެކްޓަރު ސީޒަން "އަދިވެސް" އަށް މައުލޫމާތު ދެމުން ބުނީ "ލޯބިވެވިއްޖެ" މި ފިލްމްގެ ނުނިމި އޮތީ ތިނަދޫގަ އާއި މާލޭގައި ނަގަންޖެހޭ ދެ ލަވައެއްގެ މަންޒަރުތައް އެކަނި ކަމަށެވެ.

ސީޒަންގެ އަންހެނުން އައިމިނަތު ޝާނާޒާއި އަލީ ޝާނީޒް އަލީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމްގެ ލީޑްގައި އަލީ އާޒިމް (ދޮންއައްޔަ) އާއި މަރިޔަމް އައްޒަ ހިމެނެ އެވެ. މީގެ އިތުރުން އައިމިނަތު ރިޝްފާ، އިރުފާން އިބްރާހިމް، އަހުމަދު އީސަ (އާނަންދު) އަހުމަދު ނިމާލް، އަލީ ޝަލީމްގެ އިތުރުން ނިޝާ ހިމެނެ އެވެ.

ސީޒަންގެ "ލޯބި ވެވިއްޖެ"ގެ ޝޫޓިން ކުރިއަށްދަނީ. ވަރަށް އަވަހަށް ފިލްމު ނިމޭނެ

ކޮވިޑްގެ ލޮކްޑައުންނާ ގުޅިގެން މަސައްކަތް ހުއްޓިފައިވާ މި ފިލްމްގެ ނުނިމި ހުރި މަސައްކަތް ނިންމާ އަންނަ އަހަރު ރިލީޒް ކުރެވޭނެ ކަމަށް އެސް ޕްރޮޑަކްޝަނުން އުއްމީދުކުރު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *