އެންމެ ގާތުން އަތުޖެހޭނީ މަރު، ދިރޭ ދިރުމެއްގެ ނަމަ
ގެންދަވާނޭ ވަގުތު ނޭނގޭ! މޮޅު ކުރިން ވިސްނިއްޖެނަަމަ
ވެވުނު ހަމަ ހެޔޮ އެއްކަމެއް ނެތި އަޖަލު އައިސް ގެންދާހިނދުން
ލެވުނު ނޭވައިގައި އަގެއް ނެތް ހުސްއަތާ ދާންވެއްޖެނަމަ
ނަސްލަކުން މޮޅު އައިކަމަކު ނަފްސަށް ލިބޭ ނެތް ރައްކަލެއް
ގަސްތުގައި ނިކަމެތި އަޅާ އެކަލާނގެއަށް އުރެދިއްޖެނަމަ
ނޫރަކުން ރޫޙާ ހިތާ އަލި ކޮށްލެވޭނެ ގޮތެއް ނުވޭ
ކޫރުތައް ކުފުރުގެ އަތުން އެޅިއެޅި ހިތެއް ޣާފިލްވިނަމަ
ބަރުޒަޚުން ނަފުސަށް ލުޔެއް ލިބެނީ ވަގުތުއޮއްވާ މިތާ
މަރުބަލައި އައުމުގެ ކުރިން ތައުބާއަކުން ޠާހިރުވިނަމަ
ގިނި އަނދާ ނަރަކައިގެ ހޫނުން މިންޖުވާކަށް ނެތްމެޔޭ
ދުނިޔެ ދޭ ހިނދުކޮޅުތެރޭ ފުރުސަތުގެ ބޭނުން ނުހިފިނަމަ
