ނުވާނޭ ހީވުމީ ގޯހެއް، އެއީ ބުއްދީގެ އުނިކަމެކޭ
އުވާލާށޭ ފިކުރު ބޯދާ، އެއީ ނަފްސަށް ވެދާ ލުޔެކޭ
އަތަށް ހަސަދައިގެ ގިނިލައިގެން، އެއަށް ފުމެ ރޯކުރާކުރާނަމައީ
ހިތޭ ފިހިގެން އެއިން ދާނީ ނުރައްކާތެރި އެއީ ހުޅެކޭ
ހަލާކަށް އެދި އަނެއް މީހާ ކަރަށް އެއްލަން އުކާ މަޅިއޭ
ސަލާމަތްކަން ތިމާއަށްވެސް އެއިން ނުލިބޭނެ ފަދަ ވަލެކޭ
ނުބައި ހީވުންތަކާ ވަހުމާ އުފަންވާ ޝައްކުތައް ހިތުގައި
ވަބާއެއް ފެތުރިގެން ދާހެން އެއީ ފެތުރޭނެ ގަދަ ހުމެކޭ
ލޮލުން ހަސަދައިގެ އަނެކާއާ ދިމާއަށް ނުރުހިގެން އަސްތާ
ބެލުން އޭ ފިތުނައަށް ހުޅުވައިލެވޭ ނާމާންކަމުގެ ދޮރެކޭ
ކިތަންމެ ގޮތެއް ހަދަން އުޅުނަސް ހެދޭނީ ކިހިނަކުންހެއްޔޭ
އެތައް ނިޢުމަތްތަކެއް ދެއްވެވި އެނގޭހެއްޔޭ މިވެސް އަޅެކޭ
