މީހަކު ކިޔައިދިނެވެ. އަހަރެން ފަތިސް ނަމާދުގެ ޖަމާޢަތުން ގެއަށް އައި މަގުމަތީގައި ބަޔަކު ލޮރީ އަކަށް ގެރިއެއް، އޭތި ގަދަ ހަދާތީވެ ނޭރުވިގެން އުޅޭ ތަން ފެނުނެވެ. އެމީހުންނަށް އެހީވާނަމޭ ހިތާ ގޮސް ގެރީގެ ބޮލުގައި ފިރުމާލުމާ އެކު، ވަރަށް ވެސް ފަސޭހަކަމާ އެކު، އެއްވެސް ބާރެއް ނުދައްކައި އެ ގެރި ލޮރީ އަށް އަރައިފިއެވެ.
އަހަރެން ހިތާހިތާ ބުނެލީމެވެ. މިހެން މިވީ ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމުން ކަމަށް ވެސް ވެދާނެއެވެ.
އަހަރެން ގެޔާ ހަމަވިއިރު މަންމަ ރޮއި ހަޅޭލަވާ އަޑު އިވިއްޖެއެވެ.
"ދަރިފުޅާއެވެ!!! ކޮންމެވެސް މީހެއް، މިގޭ ގެރި ވަގަށް ނަގައިފިއެވެ."
އަހަރެންނަށް ކެތެއް ނުވިއެވެ. ހެވިއްޖެއެވެ!
އެކަމާ މަންމަ ހިތްހަމަނުޖެހިގެން އައިސް މޫނުމަތީ އެތިފަހަރަކުން އަޅާލިއެވެ.
"އަހަރެން މިބުނަނީ މިގޭ ގެރި ގެއްލިއްޖެއޭ، ކަލޭ އޮވެގެން ތި ހެނީހެއްޔެވެ؟"
އަހަރެން ބުނީމެވެ!
"މަންމާއެވެ! ގެރިއަށް އަހަރެން އެނގުނެވެ. އެކަމަކު އަހަރެންނަކަށް ގެރިއެއް ނޭނގުނެވެ."
-التدقيق اللغوي-




advertisment