Support Us

ތުލުސްދޫ، މާފުށި، ގުރައިދޫން އަތުލައިގަތް ބިޔަރާއި ބަނގުރާ ނައްތާލައިފި

ކ. ތުލުސްދޫ، މާފުށި އަދި ގުރައިދޫން އަތުލައިގަތް ބިޔަރާއި ބަނގުރާގެ ސްޓޮކެއް ފުލުހުން ނައްތާލައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ނައްތާލާފައި ވަނީ ތުލުސްދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 24 ފުޅި ބަނގުރަލާއިި މާފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 48 ދަޅު ބިޔަރާއި ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 177 ދަޅު ބިޔަރު ކަމަށެވެ. އެ ތަކެއްޗަކީ 25 ޑިސެމްބަރ 2020 އިން މި އަހަރުގެ ޖަނަވަރީ ފުރަތަމަ ދުވަހުގެ ނިޔަލަށް ކ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.

"ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ." ފުލުހުންގެ ބަޔާނެއްގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *