ވިހަފަތުން ފެށިގެން ބަލައިގެން ފާރައަށް ހިނގި ރޭދުވާ
ވިހި އަށާރައިން ފަރިވުމުން ބިނދެލައިފި ނާންގާ ވާނުވާ
ފިޔަތަކާ ކުޅެމުން ވަށައިގެން ބޮސްދެމުން ޝައުޤާއެކީ
ތިޔަ އަތުން ފިރުމައިދިނީ ބޭނުންވި އަސަރަށް ހާނުވާ
ކަރުގަނޑުން ފާއްދާލި ތެތްކަން ޝަބުނަމަށް ވާހިނދު ބަދަލް
ކަރުނައޭން ފެންނަން ހުރީ، މަސްތީ އަރާމް އިހުސާސް ނުވާ
ފަރިވަމުން އައި މަލެކެ ނާޒުކު އެހެނަކަސް އަދު ހާލުމީ
ހިރަފުހާ ކިލަޔަށްވެގެން ދާނޭތަ ނުލިބޭނަމަ ދަވާ
ބިކަވެ ކަންތައް ވީގޮތާމެދު ފިކުރުކޮށްކޮށް ވިސްނުމަށް
އެކަނި ވާސްއެއްގައި މިހެން އިނދެގެން ގުނަންވީ ރޭދުވާ
އުފެދި ހިތުގައި ލޯބި އޮވެގެން ބިންނަ އެތަކެއް މާމަލުން
މިފަދަ އެތަކެއް ފަލްޞަފާ ދައްކާނެ ދުނިޔޭން ޝޯޚުވާ