Support Us

ކެތްތެރިވުމަށްވެސް…

ކެތްތެރިވުމަށްވެސް ދީނުގައި އޮންނާނެ "އެންގެވި މިންވަރެއް"
ކެތްތެރިވެގެން ޒިއްމާ ނަގަން ނުޖެހޭނެ ނެތް ހަމަ އެއްގޮތެއް

އެތަކެއް ވަޢުދު، ޢަހުދާ، ހުވާ، ކޮށްގެން އެޅޭ ޒިއްމާ ތަކަށް،
އެކަމަށް ތިމާ ކެތްތެރިވެގެން އިހުމާލު ވާން ނެތް ހުއްދައެއް

ކެތްތެރިވެހުރެ ވައްކަން ކުރުން ކެތްތެރިކަމާއެކު ދޮގުހެދުން
ކެތްތެރިކަމުގެ މާތް ސިފަޔަކަށް ނުކިޔޭނެ! މިކަހަލަ ކަން ކަމެއް

ކެތްތެރި ކަމާއެކު ރާވަމުން ހެއްކާ ޤަރީނާ ފޮރުވުމުން،
ކެތްތެރި ކަމަށް ނުބެލޭ ނެޔޭ މިކަހަލަ ނުބައިވި ޚަޞީލަތެއް

ކެތްތެރި ވަފާތެރި މީހަކަށް ދެއްކެން ރަނުން އަދި އުއްތިއަސް،
ހެއްކެއް ނެތިއްޔާ އެކަމަކަށް ދެއްކޭނެ ނެތް ބަހަނާ ތަކެއް

ކެތްތެރިކަމާއެކު މަޑުމަޑުން "ބަންޑާރަ ތައްކަށި ރުއް ރުކުން"
"އެތްތައް ކަނޑައި ކުރިކޮށްލުމުން" ނުރުހޭނެ ހުރިހާ ރައްޔިތެއް

ކެތްތެރި ކަމާއެކު ޙީލަތުން ގައުމެއް ފަނާ ކޮށްލާ ތަނެއް،
ކެތްތެރިވެގެން މަންޒަރު ބަލަން، ދެންތިބި ބަޔަކު ނުތިބޭ ކަމެއް

ކެތްތެރި ވުމަށް ﷲ އެންގެވި އެންގެވުން ސަބަބެއް ކަމަށް،
ދެއްކެން ވެގެން ވާޖިބު އަދާ ނުކުރާ ކަށެއް ނެތް ޙުއްޖަތެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *