ދިރިއުޅެން ދަސްކޮށްބަލާށޭ ކޮންމެ ހިނދުކޮޅަކާއެކީ
ކުރިޔަކަށްނޭރޭނެ ވަގުތުގެ ދިޔަކަމަކު ޖޯޝާއެކީ
ދާނުގައި ކަންނެތްވެފައި އޮވެގެން ވެވޭ އިހުމާލެކޭ
ބޭނުމެއްނެތި ސާޢަތެއްވެސް އަތުނުޖެހި ދާ ދިއުމަކީ
އިއްޔެެއާ ބައްދަލުކުރާނަމެ ހިތުއަޅައިގެން އުޅުނަކަސް
އިއްޔެއެއް ނުލިބޭނެ އަނބުރާ އެފަދަ އެއްޗެއް ވަގުތަކީ
ކަންކުރަން މާދަން ހުރީމާ ގެއްލި ފުރުސަތު ދާނެތީ
ކަން ބަދަލުކޮށްލަން ތިބާޔަށް އޮތް މިހިނދުކޮޅު ޙައްލަކީ
ނިޔަތުގައި ކަންނެތްވެ ހުއްޓުނު ފައި ދަށުން ބިން އެބަ ދެމޭ
ފިޔަ ނެތަސް އުދުހެން ހިތަށް އެރިނަމަ ތިބާއޭ މޮޔައަކީ
ރެކި ސަލާމަތްވާށެ ހިތުލައި ކުރިކުށަށް މާ ސިއްރުގައި
ހެކިދެނީ ގުނަވަންތަކޭ ދެއްކެން ކޮބާ އޮތް އުޒުރަކީ
ބުނެބަލާ އަނެކުންގެ ފާފައިން ފާފަވެރިވޭހޭ ތިމާ
ދުނިޔެއަށް ޒިންމާނަގަންހުރި ޚުދު ތިބާ ކުށްވެރިޔަކީ
