Support Us

ފައިޒަރު ކުންފުނިން ކޮވިޑަށް ބޭހެއް އީޖާދުކޮށްފި

ކޮވިޑަށް ފަރުވާ ދިނުމަށް ޓަކައި ކާބޭހެއް ފައިޒަރު ކުންފުނިން އީޖާދުކޮށްފިއެވެ. މި ބޭހުގެ ޤާބިލުކަން ވަރަށް ރަނގަޅުކަމަށް މި ކުންފުނިން ބުނެއެވެ.

ފައިޒަރު ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ބޭސް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށެވެ.

މި ކުންފުނިން އިއްޔެ ހާމަކުރި ގޮތުގައި ކޮރޯނާއާ ދެކޮޅަށް ބޭނުންކުރުމަށް އުފެއްދުނު މި ބޭސް ބަލީގެ ކުރީކޮޅުގައި ބޭނުން ކުރުމުން ބަލިޖެހިގެން ހަސްފަތާލުގައި އެދުމަތި ކުރެވުނު މީހުންނާއި މި ބަލީގެ ސަބަބުން މަރުވި މީހުންގެ ޢަދަދު ވަނީ 90 އިންސައްތައަށް މަދުކުރެވިފައެވެ.

ދެކުނު އެފްރިކާގައި ކުރެވުނު ތަފްޞީލީ ދިރާސާތައް ބުނާގޮތުގައި މި ބޭހުން ކޮރޯނާގެ އޮމިކްރޯން ގިންތިއަށް ކުރާ އަސަރު ކުޑަކަން ފާހަގަ ކުރެވެއެވެ. އެހެނަސް މި ބޭހުގެ ސަބަބުން ކޮވިޑްގެ ނުރައްކާތެރި ޙާލަތްތަކުން ރައްކައުތެރިކަން ލިބިދޭ މިންވަރު 70 އިންސައްތައަށް ވުރެ މައްޗެވެ.

މި ބޭސް ބާޒާރަށް ނެރެވޭނީ ޕެކްސްލޮވިޑް (Paxlovid) ނަމުގައެވެ. ލެބޯޓަރީ ތަޖްރިބާތައް ބުނާގޮތުގައި މި ބޭހަކީ އޮމިކްރޯން ގިންތިއާ ދެކޮޅަށް ވެސް ބޭނުންކުރުން ރަނގަޅު އޭގެ ތާސީރު ވަރުގަދަ ބޭހެކެވެ. އެދުމަތިކޮށްގެން 2200 މީހަކަށް ފަރުވާ ދިނުމަށް ޓަކައި މި ބޭސް ބޭނުން ކުރެވުނެވެ. މި ފަރުވާ ދެވުނު މީހުންގެ ތެރެއިން ހަމަ އެކަކު ވެސް މަރުވެފައެއް ނުވެއެވެ. މި ބޭސް ބޭނުން ނުކުރި ބިސީގެ ތެރެއިން 12 މީހަކު މަރުވެފައި ވެއެވެ. މި ތަޖްރިބާގައި ބޭނުންކުރެވުނު މީހުންނަކީ ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ދެވިފައި ނުވާ ބައެކެވެ.
މި ބޭސް ކާން ޖެހެނީ 12 ގަޑިން 12 ގަޑިން ފަސް ދުވަސް ވާންދެނެވެ. މި ބޭހުގެ ހަވާސަރު (ސައިޑް އެފެކްޓް) އެކަށީގެންވާ މިންވަރަކަށް ކުޑަކަން ވެސް މި ކުންފުނިން ފާހަގަ ކުރިއެވެ.

ކޮވިޑް ޖެހިގެން ބަލީގެ ޢަލާމާތްތައް ފެންނަން ފަށާތާ ތިން ދުވަހުގެ ތެރޭގައި މި ބޭސް ކާން ފަށަން ޖެހޭނެއެވެ. ތިން ދުވަހުގެ ތެރޭގައި ބޭސް ކާންފަށައިފިނަމަ ބޭހުގެ ފަހިކަން 89 އިންސައްތަ މައްޗަށް ދާނެ ކަމަށާއި ފަސްދުވަސް ފަހުން ކާ މީހުންނަށް މި ބޭހުގެ ފަހިކަން 88 އިންސައްތައަށް މައްޗަށް ގޮސްފައިވާ ކަމަށް މި ކުންފުނިން ބުންޏެވެ.

ފައިޒަރު ކުންފުނީގެ ތަންފީޒީ ރައީސް ވިދާޅުވާ ގޮތުގައި ތަޖްރިބާތައް ދައްކާގޮތުގައި މިއީ ވަޢުދު ފުއްދައިދޭ ބޭހެއް ކަމަށް ފެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *