Support Us

ޢިބުރަތް: މި ދުނިޔެމަތީގައިވާ އެންމެ ވަރުގަދަ މީހަކީ ކާކު؟

ބައްޕައެއް އޭނާގެ ދަރިފުޅުގެ އޮފީހަށް ވަނެވެ. ދަރިފުޅު އިށީނދެގެން އިނދެ ނޫހެއް ކިޔަމުން ގެންދިޔައެވެ. ލޯތްބާއި އޯގާތެރިކަމާއި އަދި ފަޚްރުވެރިކަމާ އެކު ދަރިފުޅުގެ ކޮނޑުގައި އަތް ބާއްވައިލައިފައި ބައްޕަ އެއްސެވެ.

"ދަރިފުޅާއެވެ! މި ދުނިޔެމަތީގައިވާ އެންމެ ވަރުގަދަ މީހަކީ ކާކު ހެއްޔެވެ؟"

ދަރިފުޅު ބުންޏެވެ: "އަހަރެންނެވެ.!!!!"

ބައްޕަ ހައިރާންކަމާ އެކު އަނެއްކާވެސް އެ ސުއާލު އެއްސެވެ.

"މި ދުނިޔެ މަތީގައިވާ އެންމެ ވަރުގަދަ މީހަކީ ކާކު ހެއްޔެވެ؟!"

ދަރިފުޅު ވަރަށް ވެސް ހަމަޖެހިލައިގެން އިްދެ އަނެއްކާ ވެސް ބުންޏެވެ. "އެއީ އަހަރެންނެވެ!"

ބައްޕަގެ މޫނުމަތި ބަދަލުވެއްޖެއެވެ. މަޑުމަޑުން ނިކުންނަމުން އޮފީހުގެ ދޮރާ ހަމަވުމުން އެނބުރިލައިފައި އަދިވެސް އެއް ފަހަރު އެއްސެވެ.

"މި ދުނިޔެމަތީގައިވާ އެންމެ ވަރުގަދަ މީހަކީ ކާކު ހެއްޔެވެ؟!"

ދަރިފުޅު ބުންޏެވެ: "އެއީ ބައްޕައެވެ.!!!"

ބައްޕަ ހައިރާންވެފައިވާ ޙާލު ސުއާލު ކުރިއެވެ.

"އެކަމަކު މީގެ އިރުކޮޅެއް ކުރިން ބައްޕަ މި ސުއާލު ދަރިފުޅާ ކުރުމުން، ދަރިފުޅި ތީ އެންމެ ވަރުގަދަ މީހާއޭ ބުނީމެވެ. އެއި ކީއްވެ ހެއްޔެވެ؟!"

ދަރިފުޅު ބުންޏެވެ: "ބައްޕާއެވެ! ބައްޕަގެ އަތް އަޅުގަނޑުގެ ކޮނޑުމަތީގައި ބާވައިލެއްވުމުން އެ ވަޤުތުގައި އަޅުގަނޑު ވީ މި ދުނިޔެމަތީގައި ވާ އެންމެ ވަރުގަދަ މީހާއަށެވެ! އެއަތް ނަންގަވައި އަހަރެންނާ ދުރަށް ވަޑައިގެން ހިނދު ބައްޕަ ވީ އެންމެ ވަރުގަދަ މީހާއަށް ކަމުގައެވެ!"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *