Support Us

މިކަމަކުން ސަލާމަތެއްނުވި- ބީ.އެމް.އެލް ސިސްޓަމް އަބަދު ޑައުންވެފައި

ބީ.އެމް.އެލްގެ އިންޓަނެޓް ބޭންކިން ހިދުމަތް މިއަދު އަނެއްކާވެސް ޑައުންވެ، އެކަމުގެ އުނދަގޫތައް ކަސްޓަމަރުން ތަހައްމަލްކުރަން ޖެހިއްޖެއެވެ.

ގައުމީ ބޭންކުގެ އިންޓަނެޓް ބޭންކިންގެ ހިދުމަތް ދޭތެރެ ދޭތެރެއިން މެދުކެނޑުމުގެ ސަބަބުން ގިނަ ބަޔަކަށް ދަނީ ދަތިތައް ފޯރަމުންނެވެ.

މިއަދު މެންދުރުފަހު ތިނެއް ޖަހަން އުޅެނިކޮށް އިންޓަނެޓް ބޭންކިންގެ ސިސްޓަމް ޑައުންވެ، އިންޓަނެޓް ޓްރާންސްފަރ އާއި އޭޓީއެމްތަކާއި ފިހާރަތަކުގެ ޕީ.އޯ.އެސްތަކުގެ ވެސް މަސައްކަތެއް ނުކުރެއެވެ. ފޯނު އެޕްލިކޭޝަނުން ދައްކަނީ "މާރާމާތަށް ސިސްޓަމް ޑައުން" ކަމަށެވެ. 

ބައެއް މީހުން ބުނީ އެ މީހުންގެ ފޯނުން ވަނުމުން އެކައުންޓުން މިއަދު ވެސް ދައްކަނީ "ސުމެއް ސުމެއް" ކަމަށެވެ. މީގެ ކުރިން ވެސް އެކައުންޓް ބާކީގައި ކުއްލިއަކަށް "ސުމެއް ސުމެއް" އޮވެގެން ބައެއް މީހުން ހިތް ހުއްޓޭ ހިސާބަށް ވަނީ ގޮސްފައެވެ.

އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މިއަދު ވެސް މި މައްސަލަ ކުރިމަތިވީ ބޭނުންކުން އެއްވެސް ކަހަލަ އިޝާރާތެއް ކަސްޓަމަރުންނަށް ނުދީ އޮއްވައެވެ.

ބީއެމް.އެލްގެ ސިސްޓަމް އަޕްގްރޭޑް ކުރާތާ މިހާރު ދެތިން ހަފުތާއެއްހާ ދުވަސްވެއްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ދެލޯފުޅާ ތިޔަ ޑައުންވުން ސަލާމަތް ކުރެވޭނީ ތިޔަ ތަނުގައި ތިބި ވަގުންތައް ބޭރުކޮށް ބަދަލުތަކެއް ގެނެވިގެން….ތިޔަތަނުގައި އެތައް އަހަރަކު އުޅުނު ކުއްޖަކުބުނީ ތިޔަ ވައްކަން ކުރަނީ އެތަނުގައި އުޅޭ ވަކި ބަޔަކު ކަމަށެވެ.އެވައްކަން ކުރާ ގޮތްވެސް އޭނާ ކިޔައދިނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *