އާދޭހެވެ. ވާރެއާ ތެމުން އެއީ ސުންނަތެކެވެ!
އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި އަނަސް ބުން މާލިކް ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާކުރެއްވިއެވެ.
"އަހަރެމެން ކީރިތި ރަސޫލާ ﷺ އަރިހުގައި ވަނިކޮށް އަހަރެމެންގެ މައްޗަށް ވާރޭވެހުނެވެ. ކީރިތި ރަސޫލާ ﷺ، އެކަލޭގެފާނުގެ ހަށިކޮޅަށް ވާރޭ ވެހޭނެހެން، ހެދުންކޮޅުން ބައެއް ކަޝްފު ކުރައްވައި ތެންމަވައިލެއްވިއެވެ.
އަހަރެމެން ދެންނެވީމެވެ.
"އޭ ﷲގެ ރަސޫލާ އެވެ! ތިހެން ކަންތައް ކުރެއްވީ ކީއްވެގެންތޯ އެވެ؟"
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
"އެ (ވާރޭ) އައީ އޭގެ މަތިވެރި ރައްބުގެ ޙަޟްރަތުން ކަމުގައި ވާތީއެވެ."
– صحيح المسلم 898 –
އިމާމް ނަވަވީ މި ޙަދީޘްގެ ޝަރަޙައިގައި، އެއީ އެމީހެއްގެ ޢައުރަ ނޫން ބައެއްކަމުގައި ވިދާޅުވެފައިވެއެވެ.
ވާރޭ ވެހުމުން ކުރެވިދާނެ 6 ސުންނަތެއް
1.ވާރޭ ވެހުމުން ކިޔާ ދުޢާ ކިޔުން.
އެންމެ ފުރަތަމަ ކަމަކަށް ވެސް ވާރޭ ވެހުމުން މިދުޢާ ކިޔުން:
“اللّهُمَّ صَيِّـباً نَافِعاً”
މާނައީ: "ޔާ ﷲ، މިވާރޭއަކީ ފައިދާ ހުރި ވާރޭ އެއްކަމުގައި ލައްވާނދޭވެ!"
– މުސްނަދު އަޙްމަދު (24144) –
- ވާރެއާ ތެމުން.
އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި އަނަސް ބުން މާލިކް ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާކުރެއްވިއެވެ.
" އަހަރެމެން ކީރިތި ރަސޫލާ ﷺ އަރިހުގައި ވަނިކޮށް އަހަރެމެންގެ މައްޗަށް ވާރޭވެހުނެވެ. ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ހަށިކޮޅަށް ވާރޭ ވެހޭނެހެން، ހެދުންކޮޅުން ބައެއް ކަޝްފު ކުރައްވައި ތެންމަވައިލެއްވިއެވެ.
އަހަރެމެން ދެންނެވީމެވެ.
"އޭ ﷲގެ ރަސޫލާ އެވެ! ތިހެން ކަންތައް ކުރެއްވީ ކީއްވެގެންތޯ އެވެ؟"
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
" އެ (ވާރޭ) އައީ އޭގެ މަތިވެރި ރައްބުގެ ޙަޟްރަތުން ކަމުގައި ވާތީއެވެ."
– މުސްލިމް (898) –
- ވާރޭ ވެހޭ ހިނދު ދުޢާ ކުރުން.
އެ ވަޤުތުތަކުގައި ދުޢާ އިޖާބަކުރެވޭ ވަޤުތުތަކުގެ ތެރޭގައި ވާރޭ ވެހޭ ހިނދު ކުރެވޭ ދުޢާ ވެއެވެ.
ވީމާ މިފުރުޞަތު ނަގާ ނުލާށެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
"ދެ (ދުޢާއެއް) ރައްދު ނުކުރެވޭ ހުއްޓެވެ. (އެއީ) ބަންގިއަށް ފަހު ކުރެވޭ ދުޢާ އާއި ވާރޭވެހޭ ވަޤުތު ކުރެވޭ ދުޢާއެވެ."
– އަލްޙާކިމް (މުސްތަދްރިކު 2534) –
- ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކިބައިން ރައްކާތެރި ކަމަށް އެދުން.
ގަދަ ވިއްސާރައިގައި މިދުޢާ ކިޔުން ސުންނަތް ވެގެންވެއެވެ.
“اللّهُمَّ حَوَالَيْنَا وَلَا عَلَيْنَا”
މާނައީ: "ޔާ ﷲ، އަޅަމެންގެ ވަށައިގެންވާ ތަންތަނަށް ވެއްސަވާނދޭވެ! އަދި އަޅަމެންގެ މައްޗަށް (މިހާރު) ނުވެއްސަވާނދޭވެ!"
– ބުޚާރީ (933) –
- ގުގުރި ޖަހާނަމަ އަންނަނިވި ޛިކްރު ކިޔުން:
ކީރިތި ރަސޫލާ ﷺ އަށް ގުގުރީގެ އަޑު އިވިވަޑައިގެންފިނަމަ ވާހަކަ ދެއްކެވުން ހުއްޓާލައްވައި ވިދާޅުވިއެވެ.
"سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ"
މާނައީ: ”ގުގުރި އެފަރާތަކަށް ޙަމްދާއިއެކު ތަސްބީޙަކިޔާ ފަރާތް އަދި މަލާއިކަތުން އެފަރާތަކަށް ބިރުވެތިކަމާއެކު ތަސްބީޙަކިޔާ ފަރާތުގެ ހުސްޠާހިރުވަންތަކަމާއެވެ.“
- ވާރޭ ވެއްސެވިކަމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދުކޮށް ޝުކުރު ކުރުން.
ވާރޭ ހުއްޓުމުން އަންނަނިވި ޛިކްރު ކިޔުން:
“مُطِرْنَا بِفَضْلِ اللّهِ وَرَحْمَتِه”
މާނައީ: "އަހަރެމެންނަށް ވާރޭ ވެހުނީ ﷲ ގެ ފަޟްލަވަންތަވެރިކަމާއި ރަޙްމަތުންނެވެ."
ކީރިތި ރަސޫލާ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ:
"މިހެން ބުނެފި މީހަކީ، ތިމަންކަލޭގެފާނަށް އީމާންވެ، ތަރިތަކަށް ކާފަރުވެއްޖެ މީހެކެވެ."
– ބުޚާރީ (1038) –




advertisment