ޤައުމުގެ ކަރާމާތުގެ އަގީ، އެއްލާނުލަންވީ އިއްޒަތެއް
ދައުރާނަވާން ޤައުމުގެ ދަރީން ބޭނުންމެ ވާނޭ ޒީނަތެއް
ނަމުގައި ޖަރީ ރަންވީ ޖިޒީ، ވެދުމަށް ލިބުނު ނަމަވެސް ހިތަށް
ނުމެދޭށެ ގެއްލުންވާނެހެން ޤައުމުގެ އަދުއްވަށް ދަޢުވަތެއް
ނިގުޅައި މި ޤައުމުގެ ޙައްޤުތައް، ރުހުމުން އަޅާ ވަށްކަޅިތަކަށް
އަގަކީ އެ ހިނދު އަޅުވެތިކަމޭ، ފަހިކޮށް ނުދޭށޭ ފުރުޞަތެއް
ބެހިގެން ހިތާ ނަފްސާ އަވަގައި ދުނިޔަވީ ބާރަށްޓަކައި
ޖެހިގެން އަވާމެންދުރު ތެރޭ، ނުހިފާށެ ނަމަނަމަ ރިޝްވަތެއް
ގާދޫކޮލުން މި ސިޔާދަތާ، ޤައުމީ ރުކުންތައް ބޭރުކޮށް
ނޭދޭ ފަނާކޮށްލާކަށެއް ދީނާ މި ޤައުމުގެ ވަޙުދަތެއް
ހިބަކޮށްދިނަސް ޖާހާ ތަޚުތު، ލޭ ހުރި ދިވެހި ޤައުމުގެ ދަރީން
މި ބިމުން ހިލާ ދީގެން ނުވާނޭ ދުޝްމިނަށްވެސް ކައިވަތެއް
ރުވަމުން މި ޤައުމަށް ދުޝްމަނުން، ދާ ޙަމަލައިން ލޭ އޮހޮރިގެން
ނިވުނަސް ހަޔާތުގެ ނޫރު ތިޔަ، ނަންފެވި ދެވޭފަދަ ޚިދުމަތެއް
