ފަޅުފަޅު މިއީ ސަހަރާއެކޭ އެއްފަދަ ހިތެއް ދިރުމެއް ނުވާ
ފަޅުވީ މިހިތް ވެވިފައިވުމުން ކުށްފާފަތައް އަދަދެއް ނުވާ
ހީތަށް ހިތަށް ލައިގެން ނުބައި ހިޔަކަށް ތަބާވީ އިއްޔެއީ
ވޭތުވި ހަޔާތުގެ ދައުރެކޭ އަނބުރާ އަލުން ލިބުމެއް ނުވާ
އިސްރާފުތައް ފާފައިގެ އެކި ވެވިފައިވި ނަފުސުން އެދެވުނޭ
ގިސްލާރޮމުން ލިބުމަށް ހިތެއް ކުށްފާފައަށް ދަހިވެތި ނުވާ
ކެހިވެރި ނުބައި އުރެދުންތަކަށް ހެއްލުނު ހިތެއް މަޑުމޮޅިވެޔޭ
ރަހުމަތުގެ ދީލަތިވަންތަކަން އިހުސާސް ކުރިން ވެވިފައި ނުވާ
ހާލަށްޓަކައި މިހިތުގެ އަޅާ ލަދުވެތިވެ ލޯ ތެންމާލަމޭ
ފާލަމަކަށޭ މޭރުންވިއިރު އެރިފައި ހުރީ ދާއިމް ނުވާ
ތައުބާ އަދާ އިބަ ހަޟުރަތަށް ހާޒިރުކުރަން މިވަގުތު މި ހިތް
ތައުފީޤުދެއްވާ ގެންދަވާ މިސްރާބަކަށް ޣާފިލް ނުވާ
