އެއްފަދަ އެއްވެސް އަނެކައްޗެއް ނެތް ﷲ އެނގުން ދެއްވާނދޭ
އެއްފަހަރާ މި ޚިޔާލާ ފިކުރާ އަމަލާ ހެޔޮވުން ދެއްވާނދޭ
މަތިވެރިވި މަގާމާ ދިދަ ދެއްވައި މަތިވެރިކަމުގައި ލައްވާނދޭ
ކަތިނެތް ތެދުމަގުގައިވި ނަބީއަށް ބަރަކާތް ރަޙުމަތް ލައްވާނދޭ
ކަޅު އަނދިރި ޖަހާލަތު ދުނިޔޭގައި ކަޅުކަން ފަތުރާފައި ވަނިކޮށް
ކަޅުކަން ފިލުވޭ ނޫރުވި އަލިކަން އަބަދު އުޖާލާ ދެއްވާނދޭ
ހަމަޔާ އިންސާފާ ހަމަޖެހުމާ ދެދުނިޔެވެސް ފަހި ވާނޭހެން
އަމަލާއިބަހުން ކުރިޔަށް ގެންދަން ސާބިތުކަމުގައި ލައްވާނދޭ
އެކުވެރިކަމުގައި އެއްބައިވުމުގައި ޒާތީވުންތައް ދޫކޮށްލައި
އެކުގައި އެއްމެން ކުރިއަރަމުންދާ މަގުގެ އަމާންކަން ލައްވާނދޭ
މިދުނިއެ ހަމަކޮށް މަޙުޝަރުވާއިރު ތައްޔާރޭ ބުނެވޭނޭހެން
އެދުނިޔެއަށް ވެސް ބޭނުންކުރެވޭ ބެންކަށް ގުނަވުން ދެއްވާނދޭ
މިއަދުގެ މިދުޢާ މިގޮތަށް ކުރިޔަސް މާދަމައެއް ދެމިނޯންނާނޭ
ހިޔަލުން ތެދުމަގު މަޙުޝަރުގައި ދާން މިންވަރުފުޅުގައި ލައްވާނދޭ
ރައްބީރައްބީ! ދީލަތިވަންތަވި ރަޙުމަތް އަބަދުމެ ލައްވާނދޭ
ރައްބީ! ކުރެވުނު ކުށްފާފަ ޢަފޫ ފުއްސެވުމެއްގައި ލައްވާނދޭ