Support Us

އަޝްރަފު ޢަލީގެ "ރަން ދައުރު"

އެކެޑަމީން ވަތްކެއް ނުވޭ އަޝްރަފުގެ ރޫޙާ ސޫރައެއް
އެކެޑަމީގެ ޙަޔާތުގައިވީ ދައުރަކީވެސް "ރަނުގެ ދައުރެއް"

ސާބަހާ އައްސަރި ބަހާ! އަޝްރަފު ޢަލީ އަށް ޙައްގުވޭ
ހާމަވާ ޚިދުމަތްޕުޅެއް "މާދަރީ ބަހުން" ހުޅުވާލި ދައުރެއް

އަޝްރަފާއި ޙަވާލު ކުރިއިރު "އެކެޑަމީގެ ޢިމާރަތެއް"
"ހަތަރު ފާރާ އަދި ފުރާޅެއް އެކަނި ހުރި" ޙާލަތުގެ ދައުރެއް

ދިވެހި ބަހުގެ ނަމުން މިތަނުގާ އެކެޑަމީއެއް ހުންނަކަން
ދިވެހިނަށް އެނގި ޢާއްމުވީވެސް އަޝްރަފުގެ ޚިދުމަތުގެ ދައުރެއް

އެކެޑަމީ ނަމުގައި މި ހިމެނޭ "ކ. ގައި އޮންނާނެ ފިއްޔެއް"
"އެވަރުވެސް ނޭނގޭ ބައެއް މީހުން" މިތަނުގައި އުޅުނު ދައުރެއް

ރައިވަރު، ބަންޖާ، ފަރިއްސާ "ޅެމުގެ އެކިވައްތަރު ތަކާ"
ދާގޮތަށް ދާން ދޫނުކޮށް، އެއްކޮށް ޖަމާ ކޮށް ދެއްވި ދައުރެއް

ޅެންވެރީންނާ ބަސްވެރީންނާ އެކު، މަޖާކޮށް ދަތުރުކޮށް،
ގެންނަވައި ޙަފުލާތަކާ އެކިއެކި މުނާސަބު ބޭއްވި ދައުރެއް

ގައުމުގައި މާޒީވެދިޔަ މޮޅު ޝާއިރުންނާ އަދި އަދީބުން
ފަޚުރުވެރި ޒިކުރާތަކެއް، އެހަނދާންތަކުން ދިރުވާލި ދައުރެއް

އަތޮޅު އަތޮޅާ މަދަރުސާޔާ ރަށުގެ ފެންވަރުގައި ވިޔަސް
ބަހުގެ މޮޅު އުސްތާޒުނާއި އަދީބުނާއި އުފެއްދި ދައުރެއް

ދިވެހި ޅެންވެރިކަން މިތާ ކުރިއެރުވުމުގެ ހެޔޮ ނިޔަތުގާ
ދިވެހި އެކި ޢުމުރާ، މިޒާޖުގެ ބަޔަކު ލައިގެން އުޅުނު ދައުރެއް

ގައުމުގައި ތިބި ބަހުގެ އުސްތާޒުން "ޢުމުރު ބަލިކަށި ވިޔަސް"
ރަޙުމް ކޮށް އަތުގައި ހިފައިގެން ފިރުމަމުން ގެންގުޅުނު ދައުރެއް

ބޭރު އެކިއެކި ގައުމުތަކުގައި "ދިވެހިބަސް މުޑުވަށް ކުރަން"
ރޭރުނުވެ ތިބެވޭ ވަރަށް ޚިދްމަތް ފުޅާ ކޮށް ދެއްވި ދައުރެއް

ކުރިއަރައިގެން އަންނަ އަދު ދުނިޔޭގެ ޓެކޮނޮލިޖީ ރޮނގުން،
މުޅި ޒަމާނަށް "ބަހުގެ ޑޭޓާބޭސް ތަކެއް" އެއްކޮށްލި ދައުރެއް

ދާދިކުޑަ ފައިސާކޮޅެއް ބަޖެޓުގެތެރެއިން ދިއްކޮށްލިޔަސް،
ހާދަގިނަ ކަންތައް ތަކެއް ކޮށްދެއްވިޔޭ އަޝްރަފުގެ ދައުރެއް

ތެދު ޙަގީގަތް "ހަތް ކަފުންކޮށް ވަޅުލިޔަސް ގަބުރުގެތެރޭ"
"ތެދު، ޔަގީނުން ހާމަވާ އަންނާނެޔޭ ވަގުތާއި ދައުރެއް"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *