ބައްޕަ ނެތި، މިދަރީން ޔަތީމުވެ، "މަންމަ ހޯދީ ބައްޕައެއް"
ލައްކަ ގިނަ އަނިޔާކުރާ ރޮއްވާ، ނުބައި ދޮން ބައްޕައެއް
މަންމަޔާ އިންނަން އައިސް މިދަރީންގެ ކައިރީ ވަޢުދުކޮށް،
މަންމަޔާ އިނދެފައި ވަޢުދު ފުއްދައި ނުދިން ދޮން ބައްޕައެއް
ބައްޕަ ހޯދައިދިން ވަރަށްގިނަ ހަރު މުދާ، މިދަރީން އުޅެން،
މަންމަޔަށްވެސް ނުއެނގި ވިއްކައިގެން ކަނީ ދޮން ބައްޕައެއް
ބައްޕަ ދުވަހަކު "ބަރު ބަހެއްވެސް" ނުބުނެ، މިދަރީން ބޮޑުކުރީ،
ލައްކަ ނިކަމެތި ކޮށްފިޔޭ، ތިޔަ މަންމަ، އިން ދޮން ބައްޕައެއް
އަހަރެމެންގެ ބައްޕަ ހޯދައި ދެއްވި، ގެދޮރާ، ބިން ތަކާ
އަހުރެމެން ނިކަމެތިވި ހިނދު، ވިއްކާލި، މީ ދޮން ބައްޕައެއް
ބައްޕަ މިދަރީންނަށް، ފަހަށް، ފޮރުވާފަ ހުރިހާ "ލާރިވެސް"
މަންމަޔަށް" ދޮން ކަޅު" ނުއަންގައި" ކައިފިޔޭ، ދޮން ބައްޕައެއް
މަންމަވެސް އެދުވަހު، ހިޔެއްނުކުރަން، މިހާ ކެހިވެރިކަމެއް
ލައްކަ ފޮނި ބައިސާ ކެނޑީމަ ހޯދި މީ، ދޮން ބައްޕައެއް
މިއަދު ބުނެފިން މަންމަ ދެން ބޭނުން ނެތޭ އިނދެގެން އުޅެން،
"ވަރިކުރޭ" މިދަރީން ހިތެއް ނުރުހޭ ނުބައި ދޮން ބައްޕައެއް
