* ރާގު: ދޭކްލީ ތޭރީ ޚުދާއީ
ވަޔާ! ގެންގޮސް މަގޭ ހިތް، ޢާޝިގާޔަށް ދެއްވަވާ
(ބޭނުމިއްޔާ ދެއްވަވާފާ 2) ވެދުމެކޭ ވެސް، ދަންނަވާ
ރޭދުވާ އެއްވެސް އަރާމެއްނެތި މިހެން މުޅި ޢުމުރުގާ
(ބޭޤަރާރު ވެގެން ތިލޯބިން 2) މޮޔަވަނިއްޔޭ ދަންނަވާ
އޭރު ބައްދަލުވީ އެތައް ގިނަ ސާހިލެއްގައި ވަޢުދުކޮށް
(އޭރު ފިރުމައިދިން ހަނދާންތައް 2) އާވަނިއްޔޭ ދަންނަވާ
ހިތްވަރެއް މިއަދަކު ނެތޭ އުއްމީދުތައް ފުނޑުފުނޑު ވުމުން
(ވިންދުގައި އަދިވެސް ހުރީ ތިޔަ 2) ލޭގެ ދިރުމޭ ދަންނަވާ
ރޭދުވާ ތިޔަ ޙައްގުގައި ނުކުރާ ކަމެއް އޭރަކު ނެތޭ
(ވޭނުގައި އެހަނދާން ތަކުން އޮވެ 2) މަރުވަނިއްޔޭ ދަންނަވާ
ބޭހަކުން ފަރުވާޔަކުން ލިޔެވޭ ޝިފާއެއް ނެތް ކަމުން
(ބޭހަކީ ފަރުވާ އަކީ ވެސް 2) ޢާޝިގާއޭ ދަންނަވާ
އެންމެ ފަހު ނޭވާ ލަނިއްޔޭ މަރުގެ ސަކަރާތާ އެކީ
(އެންމެ ފަހަރަކު ފެނިލަ ދޭށޭ 2) ހެޔޮ ނުވާނޭ ދަންނަވާ
މަރުވެގެން މިދަނީ ތިބާގެ އަތުން މިހިތް ކަތިލައިލުމުން
(ވަޅުލުމަށް ފަހު މަޤްބަރާގައި 2) ލިޔެލަދޭށޭ ދަންނަވާ
