ވަކި މަޤުޞަދެއް ހާސިލްކުރަން ބޭނުންވެގެންނޭ ހައިނުކޮށް
ވަކި ތާލަކަށް ތެޅެނީ މި ހިތް މިހިނދަށް އިތުރު ޝަކުވާނުކޮށް
ހިތުގައި ފޮރުވި އިހުސާސްތައް އަދިވެސް ހުރީތީ އެގޮތުގައި
އިތުރަށް ހިތަށް ކެތްވާނެބާ؟ ހާލަތު ހިތުގެ ހިއްސާނުކޮށް
އޭނާ ލޮލުން ދުށްހިނދު އަލަށް ހިތް އިޚްތިޔާރުން ވީއްލިގޮސް
އޭނާގެ ފަރި ހަރަކާތްތަކަށް ހުރެވުނު ބަލަން ހަރަކާތްނުކޮށް
ހިމަނާރުތަކުގައި ދައުރުކުރި ޖަޒުބާތުތަކުގެ ތަބީޢަތުން
އަމުރެއް އެހިނދު ކުރިއަޑުއެހިން ވިންދުން ހިތަށް ތަކުރާރުކޮށް
ލަފުޒެއް ބުނާނޭ ހިތްވަރެއް އެހެނަސް ދުލަށް ނުލިބުނުކަމުން
އެފަހަރު ހިތަށް ވިސްނައިދިނިން ބައްދަލުވުމަށް އުންމީދުކޮށް
ނުވިޔަސް ދިމާ ދެން އޭގެފަހު، ގަސްދާނުލައި ލޯމެރިލިޔަސް
ހުވަފެންތަކުން މައްލަވަކުރޭ ހަމަކޮންމެ ރެޔަކުމެ އާދަކޮށް
ފުނުގައި ހިތުގެ އޭރުއްސުރެން އޮތް ލޯބި އޭނާއަށް މިއަދު
ބުނެ ހާމަކޮށްށްދިނުމަށްޓަކައި އަންގަންހެވީ ޢިއުލާނުކޮށް
