Support Us

ހަޔާތުގެ މަގުގައި…

ހަޔާތުގެ މަގުގައި އުސްތަކާ އަޑިގުޑަންތައް ވެސް ވެއެވެ

އަދި، ހަޔާތުގެ މަންޒިލް އޮންނަނީ ދުރުގައި ވެސް މެއެވެ

ނަމަވެސް، ހަޔާތުގެ މަގުގައި ހިނގަމުންދާ މިހާއެވެ!

ނުހުއްޓި، ހިނގަމުން ދަތުރު ކުރަމުން ދާށެވެ!

ހަޔާތުގެ މަންޒިލް އަތުޖެހެންދެންނެވެ!

 

ހަޔާތުގެ މަންޒިލާ ދިމާއަށް ދަތުރުކުރާ ދަތުރެވެ

އެއީ ވަރަށް ވެސް ދިގު އަދި އުނދަގޫވެސސް ދަތުރެކެވެ!

އެހެންވެ، ސަމާލުވެ ހުރެކުރިބަލަމުން، ހިނގައްޗެވެ

އަދި، ނުރައްކާތަކުން ރެކެމުން ވެސް މެއެވެ.

ކުރި ނުބަލައި ދަތުރުކުރާ މީހާއެވެ!

އޭނާ އޮންނާނީ މަގުމައްޗަށް ވެއްޓި ފުނޑުފުނޑުވެފައެވެ

 

ހަޔާތުގެ ދަތުރުގައި ފައިވަރު ބަލިވެއްޖެ ނަމައެވެ

ދެން، ހިނދުކޮޅަކަށް މަޑު ޖައްސާލައި އަރާމުކޮށްލާށެވެ!

އެއަށް ފަހު ހިނގަން ފަށައި، ކުރިއަށް ދާށެވެ!

ވާޖަންގައްޔެއް ނޫނީ ރަށެއް އަތު ޖެހުނު ކަމުގައި ވިޔަސް ވެހެވެ!

ނަމަވެސް، އަރާމުކުރާށޭ ކިޔައި ނިދައިފި ނަމައެވެ!

އޭރުން، އޮންނާނީ މަގު އޮޅި މަންޒިލު ގެއްލިފައެވެ!

މިކަން އަބަދުވެސް ހަނދާނުގައި ބަހައްޓަށްޗެވެ!

 

ހަޔާތުގެ ދަތުރުގައި ލޯބި ފަދަ ކަންކަމާ ދިމާވާނެއެވެ

މިފަދަ ކަންކަމީ ހެއްލުންތެރިކުރުވާ އިމްތިހާނެއް ކަމުގައި ދެކޭށެވެ!

އެއީ ހަޔާތުގެ އެކުވެރި އެހީތެރިއެކެވެ

ފަހަރެއްގައި ވެސް އެއީ ކަލޭގެ މަންޒިލެއް ނޫނެވެ

ކަލެއަށް ކަލޭ ހަގީގަތަކަށް ހަދާލަން ބޭނުންވާ ހުވަފެންތައް ވެއެވެ

އެއްވެސް ކަމެއް، އެ ހުވަފެންތަކާ ކަލޭ ފެޔަށް ޖެއްސިޔަ ނުދެއްޗެވެ!

އެގޮތުގައި ހުރެ، މަސައްކަތްކޮށް، ހަޔާތުގެ އަޑިގުޑަން މަގުތައް ކަޑައްތުކުރާށެވެ!

އަދި ކަލޭގެ ހަޔާތުގެ މަންޒިލަށް ވާސިލުވާށެވެ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *