Support Us

ހުޅުމާލެ ފެސިލިޓީގައި އޮތް ބަލިމީހާގެ ގައިގައި ޖެހި ބަންގާޅީ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހެއްގެ ގައިގައި، އޭނާ އެހީތެރިއެއްގެ ގޮތުގައި ހަމަޖައްސާފައި ހުރި ބަނގްލަދޭޝް މީހާ ތަޅައި އަނިޔާކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 26 މޭގައި މި ހާދިސާ ހިނގުމާ ގުޅިގެން، 31 އަހަރުގެ ޝަރީފް ޚާން ހައްޔަރުކޮށް، ފުލުހުން ވަނީ މައްސަލަ ތަހުގީގުކޮށްފައެވެ. އަދި ޝަރީފް ޚާންގެ މައްޗަށް، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ މިއަދު ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

ބަލި މީހާގެ ގައިގައި ޝަރީފު ހާން ޖެހިކަން ފަޅާއެރީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި، އެ ބަލި މީހާގެ އެނދުގެ ކުރިމަތީގައި ހުރި އެނދެއްގައި އޮތް މީހަކު އެ މަންޒަރުގެ ވީޑިއޯ ނަގައި، ހާމަކުރުމުންނެވެ. އެ ވީޑިއޯ މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޖާނުން ވަރުގަދަ ބަންގާޅީ މީހާ، ބަލި މީހާގެ މޫނުމަތީގައި ވަރަށް ބާރަށް ޖަހައެވެ. މުޅި ތަނަށް އަޑު އިވެއެވެ. އެއާއެކު އޭނާ ވަރަށް ބާރަށް ރޯންފަށައެވެ. ރޯން ފެށީމާ ވެސް އެ މީހާ ގޮސް، ދެ ވަނަ ފަހަރަށް ވެސް ޖަހަން ވެގެން އަތް މަޅައިލައެވެ. ބަލި މީހާ ރުއިން ހުއްޓާލީ ބިރުން، އެ ހިސާބުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް