ކަމަކާނުލައި ހިތުގައި އުދާސްތައް އަބަދުވެސް އުފެދޭމެޔޭ
ނަމަވެސް މިއަދު ކިހިނެތް މިވީ؟ ލޮލަކުން ކަރުނައެއް ނުހިކެޔޭ
ދިރިއުޅުމުގައި އެކި ކަންކަމާ ހުންނާނެތާ ކުރިމަތިވެފައި
ހުރި ތަޖުރިބާއިން ވީކަމެއް، ކުރެވުނުކަމެއްވެސް ނެތްމެޔޭ
ވޭނާ ހިތާމަ ހިތަށް ބަލޭ އެހެނަސް ލިބޭ ކެކުޅުންތަކުން
ބުނެދޭން ދުލުން ނޭނގޭ ގޮތެެއް ތަކުރާރުކޮށް މި ހިތަށްވެޔޭ
ކަން އޮތްގޮތާ ކަންވާގޮތާ ނަފުސަށް ކިޔައިދީ ބުނެދިނަސް
ކަންބޮޑުވެ ހިތް ހައްލެއް ނުފެނި އެކަމާ ފިކުރުކޮށް ހާސްވެޔޭ
ހަފަރާތުގައި މާޔޫސްކަމާ ވާތީ ގިލަންވެރިކަން އަބަދު
އުފަލާއެކީގައިވެސް ހިތަށް ހިނިތުންވެލާކަށް ނޭނގެޔޭ
އިއްވައިފިޔޭ ޙުކުމެއް ހިތަށް ހިތުވިންދުތައް ކެތްނުވެވުމުން
"ހިއްސާކުރާށޭ މިތުރަކާ، ތިޔަ ހިތް އެހީ ބޭނުންވެޔޭ"
