އަހަރެންގެ މީހަކަށް ވުމަށް ފަހު،
ދެން ވަކިވެ ދުރަށް ނުދައްޗެވެ!
މުޅި ދުނިޔެ އަހަންނާ ނުރުހި،
އިދިކޮޅު ވިޔސް ވެހެވެ
ކަލާ އަހަންނާ ނުރުހި
އެއްގޮތަކަށް ވެސް ދުރު ނުވައްޗެވެ
އަހަރުމެން ދެމީހުން ބައިވެރިވެ،
ހިއްސާ ކުރާ މި ހަޔާތަކީ
ހަމަ، އެހެން ވެސް ލޯބިވެރިންގެ ކަހަލަ،
ނުހަނު ރީތި ލޯބީގެ ވާހަކައެކެވެ.
އަހަރުމެންގެ ވަށައިގެންވި،
ހުރިހާ މަންޒަރެެއްވެސް
މި ވާހަކަ އެބަ ބުނެއެވެ
އެހެންވެ، މިކަން ފަހަރެއްގައި ވެސް،
ކަލާގެ ހަނދާނުން ކެހިގެން ދިޔަ ނުދެއްޗެވެ
އަހަރެންގެ ހުރިހާ ވެސް އެދުމަކީ
ބޭނުންވާ ގޮތާއި ހުރިހާ ވެސް އުއްމީދަކީ
ކަލާގެ އުމުރުގެ ހުރިހާ ދުވަހެއްމެ،
އަހަންނާ އެކުގައި ހޭދަކޮށްލުމެވެ.
އަހަރުމެން ވީ ވައުދުތަކާއި ކުރި ހުވާތައް،
ހަނދާން ނައްތާ ނުލުމުވެ.
އަދި، އެކަކު އަނެކަކުގެ
ލޯބީގެ ފަސްބައިގައި ހިފަހައްޓައިގެން
އަބަދުވެސް ތިބުމެވެ.
އަހަރުމެން އެކަކު އަނެކަކުގެ މީހަކަށް
ވުމަށް ފަހުއެވެ!
