ލޯބި ވާނަމަ މައުނަވީ ޖަޒުބާ ފަހުމްވެސް ވާނެޔޭ
ލޯބިވާނަމަ ދެ ހިތުގައި އެއްް ވިންދު ޖަހަމުން ދާނެޔޭ
ލޯބި، އުފަލާ، ބޭނުމާ، އުއްމީދުތައް ޝައުޤާއެކީ
ލޯބިވާނަމަ ދެނެ ހިތަށް ފޮނިފޮނި ތަޞައްލީދޭނެޔޭ
ލޯބި ބޭނުންވާ ހިތުގެ، އެކި ފާރުތަކުހުރި ޒަޚަމުގައި
ލޯބިވާނަމަ ލޯބިލޯބިން ފިރުމަމުންވެސް ދާނެޔޭ
ލޯބިވާ ހިތުގައި ވިދެއް، އެޅިދާނެ ގޮތަކަށް ހެލިނުލައި
ލޯބިވާނަމަ ހިތުގެ ތުނި ދުލިފަށު ހިމާޔަތު ވާނެޔޭ
ލޯބި ލޯބިން ހީނ ސަމާސާކޮށްލަމުން ލޯތްބާއެކީ
ލޯބިވާނަމަ މުޅިއުމުރު އެކުގައި ހަޔާތުގެ ވާނެޔޭ
ލޯބިވިޔަކަސް އެކު ޙަޔާތެއްގައި އުޅެން ދަތިވާވަގުތު
ލޯބިވާނަމަ ހާސްގޮތުން އެއްގޮތް ބަލައި އެކުވާނެޔޭ
