މާލޭގައި އުޅޭ އުމުރުން 20 އަހަރުގެ ޒުވާނަކު، މީގެ ހައެއްކަން ދުވަސް ކުރިން ފެށިގެން ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން އޭނާގެ ފޮޓޯ މިއަދު އާންމުކޮށްފިއެވެ.
ފުލުހުން ބުނީ މި ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށި، ރިންސޯ، އަބޫބަކުރު އިބްރާހީމް، 20، ކަމަށެވެ.
"މި ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދެއެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.
ގެއްލިގެން މީހަކު ހޯދަނީ
ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) ގެއްލިގެން ފުލުހުންނަށް
ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންhttps://t.co/NhbqH1vjdj pic.twitter.com/Nu8kHdnoI6— Maldives Police (@PoliceMv) June 22, 2021
"ވީމާ، އަބޫބަކުރު އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ."



advertisment