Support Us

ހދ. ކުޅުދުއްފުށި، ރިންސޯ، އަބޫބަކުރު އިބްރާހީމް، 20،

ހަފުތާއެއް ވީއިރު ވެސް ވީނުވީއެއް ނޭނގިގެން ޒުވާނަކު ހޯދަނީ

މާލޭގައި އުޅޭ އުމުރުން 20 އަހަރުގެ ޒުވާނަކު، މީގެ ހައެއްކަން ދުވަސް ކުރިން ފެށިގެން ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން އޭނާގެ ފޮޓޯ މިއަދު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މި ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށި، ރިންސޯ، އަބޫބަކުރު އިބްރާހީމް، 20، ކަމަށެވެ.

"މި ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދެއެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

"ވީމާ، އަބޫބަކުރު އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް