Support Us

އޭ ލޮބުވެތި ބައްޕާ އޭ!

* ބައިނަލް އަޤްވާމީ ބައްޕައިން ގެ ދުވަހުގެ މުނާސަބާ ގައި

ބައްޕައޭ މާތްވީ މި ނައުޢުގެ އެންމެ ފުރަތަމަ ފެށުމަކީ
ޝައްކު ނެތް ޚަބަރުން މިއީއޭ ދެއްވަވާ މޮޅު ޢިލްމަކީ

ޢާޠިފީ ކުލުނާއި ލޯތްބާ ހިތުގެ އުފެދޭނޭ މަގުން
ވާސިޠާއިން ވާ އުފަން ދަރިފުޅު އިލާހީ ސިއްރަކީ

ޢާއިލީ ދަރުބާރުގައި ރަސްކަން ކުރައްވާ ވެރިޔަކީ
އާއެކޭ މިޙަޔާތުގައި މާތް ބައްޕައޭ މޭސްތިރިއަކީ

އިނގިލިކޮޅު ލަވަމުން ނެރުއްވާ މަގުތަކަށް ހެޔޮ ދުންޔަވީ
ރަނގަޅު ހުރިހާ މަންޒިލަށް މިސްރާބު ދެއްކެވި އެދުރަކީ

އުފަލަށާއި ހިތާމަ އަށް ކެތްތެރި ވުމަށް އިރުޝާދު ދީ
ނަފުސު ހާނައި ދެއްވި ލޮބުވެތި ބައްޕައޭ މާތް އަސްލަކީ

ދަނޑުތަކަށް ދަރިފުޅުގެ ފިޔަވަޅު ފަރިތަވާނޭހާ މަގުން
ކޮނޑުމަތިން ބައްޕަގެ ބިނާކުރި ދުނިޔެއޭ މި ޙަޔާތަކީ

ދަރަޖަ ކިހިނެއްތޯ ވަޒަން ވާނީ އެ ކުލުނާ ލޯތްބަކާ
ދަރަނި ދުވަހަކުވެސް އަދާ ނުވެވޭނެ އޭ ބަޚްޝީސްއަކީ

އަޅުކަމައިގެން ޙަޟްރަތަށް ކުއްތަން ވުމަށް ފަހު ފުރަތަމައިން
ހުޅުވުމޭ ކުލުނުގެ ދެފިޔަ އަރިހަށް އެ މާތް އޮތް އަމުރަކީ

ޔާ އިލާހީ ފާފަތައް ބައްޕާގެ ހުރިހާ ފުއްސަވައި
ދާއިމީ ހެޔޮ ލެއްވުމޭ ރަޙްމަތް އަޅާގެ ދުޢާ އަކީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *