ނޫނެކޭ ބުނުމަށް މި ހިތް މަޖުބޫރުކުރި އޭ ހާލަތެއް
މާނައީ އަހަރެންގެ މޭގައިވެސް އޮތީ ބަލިބަލި ހިތެއް
ބަރުހިތެއް ނެތި ޖެއްސި ހާލަށް ރުހުނު ނަމަވެސް ނުލިބުނޭ
ދިރި މިތާ ހުރުމަށް ހިތަށް ބޭނުންވި އިޝްޤީ ރާހަތެއް
ފިތި ހިތާ މޭ ވޭނުގައި، ބަލިކަށިވެ ދިޔަހިނދުގައި ނެތޭ
ހިތުގެ އިހްސާސާ އެދުންފެނި، ފިރުމުމެއް ދޭނޭ އަތެއް
ލޯބިވެތި ގުޅުމަށް ހިތާ ޖިސްމާ ހިބައިން ދިނަކަސް ހިލޭ
ލޯބިވެތި މި ޒަވާޖުގައި ލިބިފައި ނެތޭ ފޮނި ލައްޒަތެއް
ވަގުތުތައް ލޯތްބާއެކީ ހަދިޔާ ކުރީމާ ބަދަލުގައި
އަގުދަކަށް ދެ ހިތުންވި ލޯތްބަށް، މިތުރުވީ އެ ޚިޔާނަތެއް
ވެދުމަކަށް ހިތް ހިބަކުރީމާ، ވޭންތަކެއް ދިނުމުން ހިތަށް
އެދުނު ހިނދުގައި ލޯބި ބަދަލަށް، ނުލިބުނޭ ކެނބުމަށް ރިތެއް
