Support Us

އެމް.އައި ކޮލެޖް ފަޅާލައި ވައްކަންކުރި މީހަކު ހޯދަނީ

މާފަންނުކޮޅުގައި ހުންނަ، އެމް.އައި ކޮލެޖް ފަޅާލައި، އެތަނުން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން، އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން މިއަދު އާންމުކޮށްފިއެއެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހަކީ 2021 މާރިޗް 16 ވަނަ ދުވަހުގެ ވަގުތެއްގައި އެމް.އައި ކޮލެޖްގެ ދޮރަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އެމް.އައި ކޮލެޖުން މިއަދު ބުނީ މާރިޗް 16 ވަނަ ދުވަހުގެ ފަތިހު އެ ތަނުން ވަގަށް ނަގައިފައި ވަނީ މުވައްޒަފުންގެ ބައިގައި ހުރި ތިން ލެޕްޓޮޕާއި މޯބައިލް ފޯނަކާއި ހާޑު ޑިސްކުތަކަކާއި ލެޕްޓޮޕް ބޭގެއް ކަމަށެވެ.

"ވީމާ މީނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 481765 އެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް