Support Us

ރައީސް ނަޝީދުގެ ބަނޑާއި މޭ ފަޅާލިތަން ފެންނަ ފޮޓޯތަކެއް

ރައީސް މުހައްމަދު ނަޝީދު ގެއިން ނުކުންނަވައި ކާރުކޮޅަށް އަރާވަޑައިގަންނަވާ ވަގުތު، ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެން އެ މަނިކުފާނު އަވަހާރަކޮށްލުމަށްޓަކައި މޭ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްވެގެން، ކުރި ގިނަ އޮޕަރޭޝަންތަކަށްފަހު ނަގައިފައިވާ ފޮޓޯތަކެއް ނަޝީދުގެ އާއިލާއިން ހާމަކޮށްފިއެވެ. ޖަރުމަނުގެ ހޮސްޕިޓަލްގައި މިއަދު ނަގައިފައިވާ ކަމަށް ބެލެވޭ އެ ފޮޓޯތަކުގައި ރައީސް ނަޝީދުގެ ބަނޑާއި މޭ ވަރަށް ބޮޑަށް ފަޅާލިތަން ފެންނަ ފޮޓޯތަކެއް ވެސް އެބަހުއްޓެވެ.

ނަޝީދުގެ ބަނޑާއި މޭ ވަރަށް ބޮޑަށް ފަޅާލި ތަން ފަހައިފައިވާ ފޮޓޯ އާއި އެހެން ޒަޚަމްތަކުގައި ބޭސް އަޅައިފައިވާ ޖުމްލަ ހަތަރު ފޮޓޯއާއެކު، ނަޝީދުގެ ބޭބެ ޑރ. އިބްރާޙިމް ނާޝިދު، މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފޮޓޯތައް ބަލަން ބޭނުން ކޮންމެ މީހަކަށް ދައްކަން ނަޝީދު އެދިވަޑައިގަންނަވާ ކަމަށެވެ.


"މި ފޮޓޯތައް ބަލަން ބޭނުން ކޮންމެ މީހަކަށް ދައްކަން އަންނި (ނަޝީދު) ވިދާޅުވި. ހަމަ ހުރި ގޮތަށް އެ ފޮޓޯތައް އެހެރީ. ހަށިގަނޑަށް ލިބިފައިވާ ޒަޚަމްތައް ސީރިއަސް. އެކަމަކު އަހަންނަށް ހީވަނީ މި ކަމުގެ ސަބަބުން (ނަޝީދުގެ) އަޒުމް އިތުރަށް ވަރުގަދަވެއްޖެހެން،" ޑރ.  ނާޝިދު ވިދާޅުވިއެވެ.

ޓެރަރިސޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް އެއާ އެމްބިއުލާންސެއްގައި ނަޝީދު ޖަރުމަނަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް