Support Us

ހުރިހާ މާނައެއްގައި އިސްރާއީލު އިންތައް ފަހަނަޅައި ހިނގައްޖެ: ތުރްކީގެ ރައީސް

ހަނުތިބެގެންނާއި ވަންހަނާގައި އިސްރާއީލަށް ވާގިވެރިވެގެން ލޭ އޮހޮރުވުމުގައި ބައިވެރިވާ އެންމެންގެ ދައުރު ކޮންމެވެސް ދުވަހަކުން އަންނާނެ ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އަރްދުޣާން ވިދާޅުވެއްޖެއެވެ.

ތުރްކީގައި ވެރިކަން ކުރާ ޢަދާލަތާއި ތަރައްޤީ ޕާޓީގެ ގޮފިތަކުގެ ވެރީންނާ ދާދިވަރުކޮށް ބައްދަލު ކުރައްވަމުން ރައީސް އަރްދުޣާން ޤުދްސު ހަމަހިމޭން ކުރުމަށާއި ޤުދްސުގެ ސުލްޙަމަސަލަސްކަންކަން ޖާމިނުކޮށް ދިނުމަށް ޓަކައި ސަލާމަތީ މަޖިލީހުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޭނާ ގޮވައިލެއްވިއެވެ. އދގެ ކޮންމެ އިސްނެގުމަކަށް ތުރްކީން ވާގިވެރިވާން ތައްޔާރަށް އޮތްކަމަށް އަރްދުޣާން ވިދާޅުވިއެވެ. އިސްރާއީލުގެ ޙަމަލާތަކާ ބެހޭގޮތުން އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ފާހަގަކުރެވޭ ފަދަ ޢަމަލީ ފިޔަވަޅެއް މިހާތަނަށް އަޅައިފައި ނުވާކަމަށް އަރްދުޣާން ވިދާޅުވިއެވެ. އިސްރާއީލުން ފަލަސްޠީނު މީހުންނަށް ދެމުންގެންދާ ޢުދްވާނު ހުއްޓުވުމަށް ޓަކައި ދުނިޔެ ޙަރަކާތްތެރިވުމަށް އޭނާ ގޮވައިލެއްވިއެވެ.

ތުރްކީގެ ރައީސް އަރްދުޣާން ދުނިޔޭގެ ވިއްސަކަށް ޤައުމުގެ ރައީސުންނާ ގުޅުއްވާ އިސްރާއީލުގެ ޢުދްވާނާ މެދު މަޝްވަރާކުރައްވާ އިސްރާއީލުގެ ލާއިންސާނީ ޙަމަލާތައް ހުއްޓުވުމަށް ޓަކައި އަވަސް ފިޔަވވަޅެއް އަޅަންވެއްޖެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލު މިހާރު އެ ވަނީ ހުރިހާ އިންތަކެއް ފަހަނަޅައިގޮސްފައެވެ. އޭނާ ގުޅުއްވި ޤައުމުތަކުގެތެރޭގައި ފަލަސްޠީނާއި ރަޝިއާއާއި ޤަޠަރާއި ޕާކިސްތާނާއި ކުވައިތާއި ޖަޒާއިރު ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތިވަރުވެސް ބާރުގަދަ ސައުދީ އައް ނުވިދޯ. ލަދުހަޔާތް ކޮބާ ސައުދީ ސަރުކާރުގެ. ނަސީބެއް މިރާއްޖޭގެ ފ އަތޮޅު އެމީހުނައް ވިއްކާނުލެވުނުކަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *