Support Us

ހދ. ކުޅުދުއްފުށީގައި ކޮވިޑް ސާމްޕަލް ނަގަނީ. -ފޮޓޯ: ކުޅުދުއްފުށި ހޮސްޕިޓަލް

ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 12،873، މިއަދު ޕޮޒިޓިވްވީ 1،572 މީހުން

ރާއްޖޭގައި މިއަދު 1،572 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު 12،873 އަށް އަރައިފިއެވެ. މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ ރާއްޖޭގެ ރެކޯޑެވެ. މީގެ ކުރީގެ ރެކޯޑަކީ އިއްޔެ ޕޮޒިޓިވްވި 1،204 މީހުންނެވެ.


އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 1،572 މީހުންގެ ތެރެއިން 1،315 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 242 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި 15 މީހުން އެބަތިއްބެވެ.

މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 40،092 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 27،123 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 12،873 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 263 މީހަކަށް ފަރުވާދެމުން އަންނައިރު 87 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

އެޗް.އީ.އޯ.ސީން ބުނީ މިއަދުގެ އަދަދު ވެސް އެހާ މައްޗަށް އެރީ ކުރިން ނަގައިފައިވާ ސާމްޕަލްތަކެއްގެ ނަތީޖާ އެއްފަހަރާ ލިބުމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް