Support Us

ޕޮޒިޓިވްވި މީހުންގެ އަދަދު އަނެއްކާ ވެސް މައްޗަށް: މިއަދު 1،501

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 1،501 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ތަފާތު ބޮޑު އާ ރެކޯޑަކަށްވެއްޖެއެވެ. މީގެ ކުރީގެ ރެކޯޑަކީ އިއްޔެ ޕޮޒިޓިވްވި 1،204 މީހުންގެ ރެކޯޑެވެ.


އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 1،501 މީހުންގެ ތެރެއިން 1،229 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 265 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި 7 މީހުން އެބަތިއްބެވެ.

މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 38،520 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 26،795 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 11،629 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 247 މީހަކަށް ފަރުވާދެމުން އަންނައިރު 87 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

އެޗް.އީ.އޯ.ސީން ބުނީ މިއަދުގެ އަދަދު އެހާ މައްޗަށް އެރީ ކުރިން ނަގައިފައިވާ ސާމްޕަލްތަކެއްގެ ނަތީޖާ އެއްފަހަރާ ލިބުމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް