ކޮވިޑް-19ގެ ހާލަތު ނުރައްކާވަމުންދާތީ، ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން، ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމުން، މާލެ ސަރަހައްދުގައި މި ފަހަރު ވެސް މިސްކިތުގައި އީދު ނަމާދު ނުކުރެވޭނެއެވެ.
ކޮވިޑްގެ ފުލް ލޮކްޑައުން އޮތުމުން މިދިޔަ އަހަރު ވެސް ފިތްރުއީދުގައި ތިބެންޖެހުނީ ގޭގައެވެ.
މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުން
— Health Protection Agency (@HPA_MV) May 11, 2021
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި ގަރާރުގައިވެއެވެ.
"…ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، (ޅ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 2021 މޭ 12 ވަނަ ދުވަހުން ފެށިގެން، އެއް ހަ ފުތާގެ މުއްދަތަށް، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ގުޅިފަޅާއި، ތިލަފުށް ޓާއި، ހުޅުލެ) ގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަހުރެން އަންގަމެވެ.
1. ހަވީރު 4 އިން ފެށިގެން ފަތިހު 4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
2. ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެއް ޚިދުމަތް ދިނުން ހުއްޓައިލުން (ކާފިއު ވަގުތުގައި ޓޭކްއަވޭގެ ޚިދުމަތެއް ނުދެވޭނެއެވެ.)
3. އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން."
ރާއްޖެއަށް އީދު ވާނީ މި މަހުގެ 13 ވާ ބުރާސްފަތި ދުވަހެވެ.



advertisment