Support Us

ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ހިފެހެއްޓުމެއްނެތި މައްޗަށް: މިއަދު 1،204 މީހުން

މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 10،376

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 1،204 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ތަފާތު ބޮޑު އާ ރެކޯޑަކަށްވެއްޖެއެވެ. މީގެ ކުރީގެ ރެކޯޑަކީ އިއްޔެ ޕޮޒިޓިވްވި 1،091 މީހުންގެ ރެކޯޑެވެ.


އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 1،204 މީހުންގެ ތެރެއިން 961 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 235 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި 8 މީހުން އެބަތިއްބެވެ.

މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 37،019 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 26،547 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 10،376 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 244 މީހަކަށް ފަރުވާދެމުން އަންނައިރު 87 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

އެޗް.އީ.އޯ.ސީން ބުނީ މިއަދުގެ އަދަދު އެހާ މައްޗަށް އެރީ ކުރިން ނަގައިފައިވާ ސާމްޕަލްތަކެއްގެ ނަތީޖާ އެއްފަހަރާ ލިބުމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް